މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަރާޙުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ބޭނުންވެއްޖެ

އިޢުލާން

1437 ވަނަ އަހަރު މިރަށު މަސްޖިދުއްތަރާޙުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަންބަރު: (IUL)303-AS/303/2016/20 (15 މާރިޗު 2016) ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

1437 ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުއްތަރާޙުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ޝައުޤުވެރިވެލައްވާ ޙާފިޡުންނަށް އެފުރުޞަތު މިކައުންސިލުން ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ހޮވިވަޑައިގަންނަވާ ޙާފިޡުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އެލަވަންސް ލިބިވަޑައިގަންނަވާނެއެވެ.

1- ޙިފްޡުކޮށް އިމާމުވެ ނަމާދުކުރާ (ރާއްޖޭގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/400 (ހަތަރުސަތޭކަ ރުފިޔާ)އެވެ.

2- ޙިފްޡުކޮށް އިމާމުވެ ނަމާދުކުރާ (ބިދޭސީންގެ) ޙާފިޡަކަށް ކޮންމެ ރެއަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޙިފްޡުކޮށް ނަމާދުކުރުމަށް އެދި ހުށަހަޅާ ސިޓީއާއެކު 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29 މާރިޗު 2016
ހޯދާ