މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލޯންޗެއް މަރާމާތުކުރުމަށް ކ. ގުޅިއަށް އެހެލައި ބޭލުން

އިޢުލާން

އެމް.އެން.ޑީ.އެފްގައި ބޭނުންކުރާ ލޯންޗެއް މަރާމާތުކުރުމަށްޓަކައި ކ. ގުޅިއަށް އެހެލައި، ބާލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 އެޕްރީލް 5 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 އެޕްރީލް 10 ވަނަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެ ކުރިން މި މިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/29 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

30 މާރިޗު 2016
ހޯދާ