މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

މި ސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު:

މެޑިކަލް އޮފިސަރ   

ރޭންކު:

އެމް.އެސް 4

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

-/15,090 ރުފިޔާ

ސަރވިސް އެލަވަންސް:

-/3,500  ރުފިޔާ

ނޮން ޕްރެލްޓިސް:

5,281/50 ރުފިޔާ

ފުޑް އެލަވަންސް:

-/1,800 ރުފިޔާ

އެކޮމޮޑޭޝަން:

-/2,500  ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ ޖަލު، މާފުށި ޖަލު އަދި އައްސޭރި ޖަލު.

ޝަރުޠު:

1. އެމް.ބީ.ބީ.އެސް ޑިގްރީ  ހާސިލުކޮށް ޑިގްރީ ސެޓުފިކެޓު މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކޮށްފައިވުން

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 1 އަހަރުދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ޖަލުތަކުގައި ތިބޭ ގައިދީން ހަފުތާއަކު 3 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން

2- ކޮންމެ ހަފުތާއަކު ޖަލުތަކަށް ޒިޔާރަތްކޮށް ބަލި މީހުން ބެލުން (ހަފުތާއަކު މަދުވެގެން 1 ފަހަރު)

3- ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.

4- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތުލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން.

- ތަޖުރިބާ.

އިންޓަރވިއު:

- މަގާމަށް މީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).

އިތުރު މަޢުލޫމާތު:
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް.

ފޯނު ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާ އެދި ހުށަހަޅުއްވާ ފޯމު (ފޯމު މިސަރވިސްގެ ވެބްސައިޓް  http://corrections.gov.mv  ން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ބިދޭސީން)
  • ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ އަދި ޓްރާންސްކްރިޕްޓް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ) 
  • ރެޖިސްޓްރޭޝަން ސެޓުފިކެޓު.
  • ފުރާފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު. (ބިދޭސީން)
  • އިޢުލާނުގައިވާ ލިޔެކިއުމުގެ އިތުރުން މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ރެޖިސްޓްރޭޝަން ފޯމުގައި ހުށަހެޅުމަށް ހިމެނިފައިވާ ހުރިހާ ލިޔެކިއުން.  (ބިދޭސީން)
  • މިހާރު ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކުނަމަ، އެ މީހަކު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ މި ސަރވިސްއަށް ބަދަލުވުމާއި މެދު އިއުތިރާޒެއްނެތްކަމުގެ ރަސްމީ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ސަފުހާ ނަންބަރު ޖަހައި ފޯމާއެކު ހީރަސްޖަހާފައެވެ.)

21 ޖުމާދަލްއާޚިރާ 1437

 
 
30 މާރިޗު 2016
ހޯދާ