ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު:  | 
|||||||||||||||||
 
  | 
|||||||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ދަރިވަރުންގެ ރަޖިސްޓްރީ ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. ށ. ދަރިވަރުންގެ ލީވިންގ ސެޓްފިކެޓްތައް ތައްޔާރުކޮށް، ރިކޯޑް ބެލެހެއްޓުން. ނ. ސްކޫލުން ބާއްވާ ބައްދަލުވުންތަކަށް ފޮނުވަންޖެހޭ ނޯޓިސް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. ރ. މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. ބ. ސްކޫލުގައި ކުރަންޖެހޭ ތަފާސްހިސާބާ ގުޅޭ މަސައްކަތްތައް ކުރުމާއި، ރެކޯޑް ބެލެހެއްޓުން. ޅ. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން. ކ. ޕާސަނަލް ފައިލް ބެލެހެއްޓުން. އ. ސްޓޮކް ބެލެހެއްޓުން. ވ. އިންވެންޓްރީ ބެލެހެއްޓުން. މ. ސީނިޔަރ މެނޭޖްމަންޓުގެ އޯވަރޓައިމް ކަންތައް ބެލެހެއްޓުމާއި، ސެޕް ތައއްޔާރުކުރުމާއި، އަޕްޑޭޓްކުރުން. ފ. ސްކޫލަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. ދ. ބަޖެޓް ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. ތ. ލިބޭ މެއިލްތަކަށް ޖަވާބު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. ލ. އޮފީސް ހުޅުވައި، ލެއްޕުން. ގ. ވަޒީފާތަކަށް ބޭނުންވާ އެންމެހައި މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާ ބަޔާން ތައްޔާރުކުރުން. ޏ. މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން. ސ. ސެޝަންތަކުގެ ސުޕަވައިޒަރުންނަށް އެހީތެރިވުން. ޑ. ދުވަހުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.  | 
|||||||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: 
  | 
|||||||||||||||||
| 
 މަޤާމުގެ ނަން  | 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ސިވިލް ސަރވިސްގެ ރޭންކް  | 
 އަސާސީ ޝަރުޠު  | 
 އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
||||||||||||
| 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
 އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ  | 
 ޖީ. އެސް.4  | 
 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 
 
 މަހަކު -/5،020 ރުފިޔާ 
 
 
  | 
މަހަކު -/1،500 ރުފިޔާ | ||||||||||||
| 
 
  | 
|||||||||||||||||
| 
 އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
|||||||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
 ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.  | 
|||||||||||||||||
| 
 އިންޓަވިއުކުރުން: 
  | 
|||||||||||||||||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.  | 
|||||||||||||||||
| 
 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  | 
|||||||||||||||||
| 
 އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6894068 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  | 
|||||||||||||||||
| 
 19 ޖުމާދަލްއާޚިރާ 1437  | 
|||||||||||||||||
