މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

226463

ސަރވިސް:

ޖެނެރަލް ސަރވިސް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

 

ރަސްމީ ދަތުރެއް ކޮށްފިނަމަ ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުތުތައް:

1. އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ނުވަތަ އޮފީސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  3  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންޓަރ ބަލަހައްޓައި، ކައުންޓަރުން ދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން.

2. ޖެމްސްއިންނާއި، އީމޭލުންނާއި، އެހެނިހެން ގޮތްގޮތުން އިދާރާއަށް ލިބޭ ލިޔުންތަކާއި މައްސަލަތައް ޖެމްސްއިން ރަޖިސްޓަރީކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ރައްދުކުރުމާއި، މޮނިޓަރިންގ ރިޕޯޓުގެ ކަންކަން ބެލެހެއްޓުން.

3. ދުވަހު ޔައުމިއްޔާއާއި، ޚާއްޞަ ކަންކަމާ ގުޅޭ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

4. ކްލަބް ޖަމްޢިއްޔާ، ޖަމާޢަތްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުން.

5. ރަށުގެ ކުޅިވަރުބިންތަކާއި ޕާކުތަކާއި މައިޒާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

6. ޤައުމީދިދަ ނަގައި ތިރިކުރުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުން.

7. އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ކަންކަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

8. ބަންދުމީހުންނާއި ކުށްވެރިންނާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.

9. ސިވިލް ސަރވިސްއިން ބޭނުންފުޅުވާގޮތަށް ކައުންސިލް އިދާރާއަށް އަންނަ ފޯނުކޯލްތަކުގެ މޮނިޓަރިން ބެލެހެއްޓުން.

10. އެކިފަރާތްތަކުންނާއި ޒިންމާދާރުވެރިޔާ އިޢުލާންކުރަން ފޮނުވާ ތަކެތި އިޢުލާންކުރުމާއި، ލިޔުމުން އަންގަންޖެހޭ ތަކެތި ލިޔެ އެންގުމުގެ ކަންތައް ހިންގުން.

11. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒިފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ ކަންކަން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ  އިދާރާގައެވެ. ދުވަހާއި  ގަޑި،  މަސައްކަތު  3  ދުވަހުގެ  ކުރިން،  ވަޒީފާއަށް  އެދި  ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އެޕްރީލް 7 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.  

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

5. ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  ރަސްމީ  ގަޑީގައި 6580069  ނަންބަރު  ފޯނާއެވެ.  ފެކްސް ނަންބަރަކީ، 6580069 އެވެ. މެއިލްކުރާނީ، [email protected] އަށެވެ.

20 ޖުމާދަލްއާޚިރާ 1437

29 މާރިޗު 2016
ހޯދާ