ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
31 ވަނަ ޤައުމީ ޤުރްއާން މުބާރާތް ބާއްވާ ތާރީޚު ފަސްކުރުން

އިޢުލާން

31 ވަނަ ޤައުމީ ޤުރްއާން މުބާރާތް ބާއްވާ ތާރީޚު ފަސްކުރުން

1437 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް 01 މުޙައްރަމް 1438 (02 އޮކްޓޫބަރު 2016) ގައި ފެށުމަށް ހަމަޖައްސައި އެކަން އިޢުލާން ކުރަމެވެ. މިގޮތަށް ހަމަޖެއްސީ މުބާރާތަށް ތައްޔާރުވުމަށްޓަކައި އިތުރު ވަގުތު ބޭނުންފުޅުވާކަމަށް ވަރަށް ގިނަ ކައުންސިލްތަކުން އެދިވަޑައިގަންނަވާތީއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚު ފަސްކުރެވުނު ނަމަވެސް މުބާރާތް ބޭއްވުމާ ބެހޭގޮތުން ހަމަޖެހި އިޢުލާން ކޮށްފައިވާ އެއްވެސް އުސޫލަކަށް ބަދަލު ގެނެވިފައިނުވާކަމަށްވެސް ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މި މަރުކަޒުގެ ނަންބަރު: (IUL)160-A/1/2016/39 އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

20 ޖުމާދަލްއާޚިރާ 1437

30 މާރިޗު 2016
ހޯދާ