ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަލިފާން ނިވާ ނިޒާމުގެ ފުޅިތައް ސަޕްލައިކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާއަށް އަލިފާން ނިވާ ނިޒާމުގެ ފުޅިތައް ސަޕްލައިކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ހައެއް/2016/އައި.ޔޫ/ޓީ-57 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

އަލިފާން ނިވާ ނިޒާމުގެ ފުޅިތަކާބެހޭ މަޢުލޫމާތު މިވަނީއެވެ.

  • 15 ފުޅި (CO2) ދެ ކިލޯ
  • 12 ފުޅި ވޯޓަރ (9 ލީޓަރުގެ)
  • 1 DCP (ހަ ކިލޯގެ)
  • 3 ފޮށި (ފުޅިތައް ލުމަށް)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 9:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 9:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

28 މާރިޗު 2016
ހޯދާ