ދިވެހިރާއްޖެ
އިޢުލާން
ކޮންސަލްޓަންސީގެ ފުރުޞަތު
މި އޮތޯރިޓީގެ ނަންބަރު (IUL)450-CA/1/2016/8 ނަންބަރު އިޢުލާނާ ގުޅިގެން "ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުމަށް" ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޤާމު |
ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުމަށް) |
މަސައްކަތުގެ އަގު |
"ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައިވާ މަސައްކަތްތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ކުރިމަތިލާ ފަރާތުން އަގު ހުށަހެޅުމަށް. ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އިން ލިބެން ހުންނާނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެކި މުޢައްސަސާތަކާ ގުޅިގެންނާއި ކައުންސެލިންގ ނުވަތަ ސައިކޯތެރަޕީގެ ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާގެ މަތިން އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ ފަރާތްތައް އިޞްލާޙުކުރުމަށް ހިންގާ ފަރުވާގެ ޕްރޮގްރާމުތަކަށް ރިޢާޔަތް ކުރުމަށްފަހު ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކަމާބެހޭ މުއައްސަސާތަކުން ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންނާއެކު މަސައްކަތްކުރުމުގައި ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުން. ނޯޓު: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ޓީ.އޯ.އާރ.ގައި ބަޔާން ކުރެވިފައިވާނެއެވެ. |
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގު ހިމެނޭގޮތަށް) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކްޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް 3- ކުރިމަތިލާ ފަރާތުގެ/ ފަރާތްތަކުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތަކުގެ ކޮޕީ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވަޑައިގަންނަވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯސަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 2016 އޭޕްރިލް 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިއުންތައް ހަމަކޮށް [email protected] އަށް ބަޔާންކުރެވިފައިވާ ސުންގަޑީގެ ކުރިން ފޮނުވާ އީމެއިލް ބަލައިގަނެވޭނެއެވެ. ނޯޓު: - މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މި ކޮންސަލްޓޭޝަންއަކީ ކޮންޓްރެކްޓް އުސޫލުން 10 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ. - ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއާއި ހުށަހަޅާ އަގަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށެވެ. އިތުރު މައުލޫމާތު: ފޯން: 3010551، ފެކްސް: 3010552 އީމެއިލް: [email protected] 18 ޖުމާދަލްއާޚިރާ 1437 |