ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް މުދައްރިސުން ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ފ. ނިލަންދޫގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕަށް ރިސޯސް ޤުރްއާން މުދައްރިސުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:    3

މުސާރަ:

އެމް. ކިޔު. އޭ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް  -/200 ރުފިޔާ

އެމް. ކިޔު. އޭ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 50 މިނިޓުގެ ޕީރިއަޑަކަށް -/250 ރުފިޔާ

ޝަރުޠު:

ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓް ކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ.

2 މަސްދުވަސް ހަމަވުމުން ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 އޭޕްރީލް 04 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީފޮނުއްވުން އެދެމެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016
ހޯދާ