ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ނަންބަރު: GS210/IUL/2016/24 (9 މާރިޗު 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލުގެ ވަގުތީ 9 ކްލާސްރޫމުގައި މުށިޖެހުމާއި ތަޅުން އެޅުމުގެ މަސައްކަތް އެސްޓިމޭޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 11 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައެވެ. އަންދާސީހިސާބުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްކަމުގައި ދަންނަވަމެވެ.