އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށްޓާބެހޭ ރިޕޯޓްތައް ބަލައި މުރާޖާކުރާނެ ފަރާތްތަކެއް ހޯދުން

މަސައްކަތް

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 (ނަންބަރު:2012/R-27) ގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހަޅާ ތިމާވެށްޓާބެހޭ ރިޕޯޓްތައް ބަލައި މުރާޖާކުރާނެ ފަރާތްތަކެއް ހޯދުން

މި އޭޖެންސީއިން ތަންފީޒު ކުރަމުންދާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން އީ.ޕީ.އޭ އަށް ހުށަހަޅާ ތިމާވެށްޓާބެހޭ ރިޕޯޓުތައް އެގަވާއިދުގެ 13 ވަނަ މާއްދާގައިވާ ފަދައިން މުރާޖަޢާ ކުރުމަށްޓަކައި މުސްތަޤިއްލު މުރާޖިރުން އައްޔަނު ކުރަންޖެހެއެވެ. މިގޮތުން މި އޭޖެންސީއަށް ހުށަހަޅާ ރިޕޯޓުތައް މުރާޖަޢާކުރާނެ މުރާޖިރަކަށް ވުމަށް ކުރިމަތިލުމުގެ ފުރުޞަތު، ގަވާއިދުގެ ޖަދުވަލު (އ) ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލުމަށް މިއެޖެންސީން ގަސްތުކުރަމެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އީ.ޕީ.އޭގެ ވެބްސައިޓު (www.epa.gov.mv) ގައި ޝާޢިއުކޮށްފައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އީ.ޕީ.އޭއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ޝަރުޠު:

  • ސަރުކާރުން ޤަބޫލުކުރާ ފެންވަރުގެ ޔުނިވަރސިޓީއަކުން ތިމާވެށީގެ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވުން. (ތިމާވެށީގެ ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދެއް ކަމަށް ބެލެވޭނީ އެ ސަނަދުގެ މައިގަނޑު ދާއިރާއަކީ ތިމާވެށީގެ ދާއިރާ ކަމުގައިވާނަމަ) އަދި،
  • ތިމާވެށި ބެލެހެއްޓުމާގުޅޭ ދާއިރާއެއްގައި ސީދާކޮށް ނުވަތަ ނުސީދާކޮށް މަދުވެގެން 5 (ފަހެއް) އަހަރު ވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ސީދާކޮށް ކަމުގައި ބެލެވޭނީ ތިމާވެށީގެ ރިޕޯޓްތައް މުރާޖަޢާ ކުރުމުގެ ތަޖުރިބާހުރި ފަރާތެއް ކަމުގައިވާނަމަ. ނުސީދާކޮށް ކަމުގައި ބެލެވޭނީ ތިމާވެށީގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވާނަމަ.
  • ސިޔާސީ މަޤާމެއް ފުރުއްވަމުންދާ ފަރާތަކަށް ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • އައިޑީ ކާޑުގެ ކޮޕީ.
  • ވޭތުވެދިޔަ 5 އަހަރުގެ އެމްޕްލޮއިމަންޓް ހިސްޓްރީއާއި ތަމްރީނާއި ތަޖުރިބާ އެނގޭނެހެން ހުށަހަޅާ ފަރާތުގެ ވަނަވަރު.

މާކްސް ދެވޭނެ ކްރައިޓީރިއާ:

ސަނަދަށް %50

ސީދާ ތަޖުރިބާއަށް %30

ނުސީދާ ތަޖުރިބާއަށް %20

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016
ހޯދާ