ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ބަނދަރު އިރުމަތީފަރާތުގައިވާ ބިމުގައި ތެޔޮ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ފ.ފީއަލީ ބަނދަރު އިރުމަތީ ފަރާތުގައިވާ ބިމުގައި ތެޔޮ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން.

ފ.ފީއަލީ ބަނދަރު އިރުމަތީ ފަރާތުގައިވާ ހުސްބިން 2000 (ދެހާސް) އަކަފޫޓުގެ 01 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 2016 ފެބުރުވަރީ 23 ވަނަ ދުވަހު ހުޅުވާލުމާ ގުޅިގެން ބިޑް ހުށަހެޅުމަށް ހާޒިރުވެފައިވަނީ ދެ ފަރާތުން 370-C/2016/15 ކަމުގައިވާތީ މި އިދާރާގެ ނަންބަރު: (23 ފެބުރުވަރީ 2016) އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފީމެވެ.

މި ބިމާބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  1. ބިން އޮތްތަން: ފީއަލީ ބަނދަރުގެ އިރުމަތީފަރާތު
  2. ބިމުގެ ބޮޑުމިން: 40x50 (2000 އަކަފޫޓު)
  3. ބިމުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ ކުލި (އަކަފޫޓަކަށް): 15/- ލާރި
  4. ކުއްޔަށް ދޫކުރާ މުއްދަތު: މީލާދީގޮތުން 10 އަހަރު

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޒަލް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

ޕްރޮޕޯޒަލް ހުށަހެޅުން

30 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00

04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 13:00

މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑުފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، ބިޑްފޮތް ބައްލަވައިގެން ނަމަވެސް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ -/500 ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                    

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ