މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ތެލުގެ ވިޔަފާރިކުރުމަށްޓަކައި ބަނދަރު ސަރަހައްދުން 2000 އަކަފޫޓުގެ ބިމެއް ކުއްޔައް ދޫކުރުން

މ. މުލީ ބަނދަރު އުތުރުކޮޅުގައި ތެލުގެ ވިޔަފާރިކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގެ ތެރެއިން 2000 އަކަފޫޓުގެ ބިމެއް، ތެލާއި، ތެލާ ގުޅުންހުރި ވިޔަފާރިކުރުމަށްޓަކައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކަމާގުޅޭ މަޢުލޫމާތު

            1. ބިމުގެ ބޮޑުމިން: 2000 (ދެހާސް) އަކަފޫޓު

            2. ބިމުގައި ކުރެވޭނެ ވިޔަފާރި: މި ބިމުގައި ތެލުގެ ވިޔަފާރީގެ އިތުރުން ތެޔޮ ވިއްކާ ތަނެއްގައި ސަރުކާރުން ހުއްދަކުރާ އެހެނިހެން ވިޔަފާރީގެ ބާވަތްތައް ވިއްކޭނެއެވެ.

            3. ބިން ކުއްޔައްދޭ މުއްދަތު: 10 (ދިހައެއް) އަހަރު

            4. ތަނުގައި ޢިމާރާތްކުރުމާއި، ތަން ތައްޔާރުކުރުމަށް ކުލި ދައްކަން ނުޖެހޭގޮތަށް 03 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ.

            5. މި ބިމުގައި ކުރާ އެއްވެސް ޢިމާރާތެއް ނުވަތަ ބަހައްޓާ އެއްޗެއްވިޔަސް މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ގޮތެއް މެދުވެރިވެގެން ތަން ދޫކޮށްލަންޖެހިއްޖެ ހިނދެއްގައި ދޫކޮށްލާއިރު މިއިން އެއްވެސް އެއްޗަކަށް ބަދަލުދިނުމެއް ނޯންނާނެއެވެ.

            6. މި ބިމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު: އަކަފޫޓަކަށް -/2 ރ (ދެރުފިޔާ) 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިއިދާރާގައި އޮންނާނެއެވެ.

ޕޮރޮޕޯޒަލް ހުށަހެޅުން

މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 12:00ގައި މި އިދާރާއަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯޒަލާއި، ފުރިހަމަ ނުކޮށް ހުށަހަޅުއްވާ ޕްރޮޕޯޒަލް ބަލައިގަންނަވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު.

1- ހުށަހަޅާ އެންމެ ރަނގަޅު އަގަށް %80 (ހުށަހެޅި އެންމެ ބޮޑުއަގު / ހުށަހެޅި އަގު 80x )

2- ތަޖުރިބާއަށް % 10 (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތަކާއި، މިނޫންވެސް ރަސްމީ ވިޔަފާރިއެއްގެ މަސައްކަތްތައް ކޮށްފައިވާނަމަ އެމަސައްކަތްތަކަށް ކޮށްފައިވާކަމުގެ ލިޔުންތައް ހުށަހެޅުމުން އެލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.)

3. މާލީތަނަވަސްކަން % 10 (ބޭންކުގައި އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 10x)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ