ދިވެހިރާއްޖެ
ބިޑް ހުށަހެޅުމުގެ ދަޢުވަތު
ވާދޫގެ އުތުރުކޮޅު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުން
(ހ) |
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ އުތުރުކޮޅު ސަރަޙައްދު ފަތުރުވެރިކަމުގެ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ 3 (ތިނެއް) ހެކްޓަރގެ ބިމުގެ ތެރެއިން 1.5 (އެކެއް ޕޮއިންޓް ފަހެއް) ހެކްޓަރގެ ބިން ގެސްޓްހައުސް ތަރައްޤީކުރުމަށާއި، އަދި ބާކީ 1.5 ހެކްޓަރގެ ބިން ފަތުރުވެރިކަމާ ގުޅުންހުރި ވިޔާފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް އެކުގައި ތަރައްޤީކުރުމަށްޓަކައި ވާދޫ ކައުންސިލުން ކަނޑައަޅައިފީމެވެ. |
|
(ށ) |
އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި، ޓްއަރިޒަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، އަދި އެތަންތަން ޢިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. |
|
(ނ) |
ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރެވޭ 1.5 (އެކެއް ޕޮއިންޓް ފަހެއް) ހެކްޓަރގެ ބިން ކުއްޔަށް ދޭނީ ޓްއަރިޒަމާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން، ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރި ތަރައްޤީކުރުމަށް ދޫކުރެވޭ 1.5 (އެކެއް ޕޮއިންޓް ފަހެއް) ހެކްޓަރގެ ބިން ކުއްޔަށް ދޭނީ 50 އަހަރުދުވަހުގެ މުއްދަތަށެވެ. |
|
(ރ) |
އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، އަދި އެތަންތަން އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް، 24 މާރިޗު 2016 އިން ފެށިގެން 24 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ. މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ އަމީނީ މަގު ރ. ވާދޫ (05020) ދިވެހިރާއްޖެ ޓެލެފޯނު ނަންބަރު: 6580074 (960) ފެކްސް ނަންބަރު: 6580074 (960) އީމެއިލް އެޑްރެސް: [email protected] |
|
(ބ) |
މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
|
(ޅ) |
އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، އަދި އެތަންތަން އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ކަނޑައެޅިފައިވާ މުއްދަތާ ހަމަޔަށް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000ރ. (ދެހާސްރުފިޔާ) އަށެވެ. |
|
(ކ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. |
|
|
(1) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. |
|
(2) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. |
|
(3) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/2000ރ. (ދެހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. |
(އ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ. |
|
(ވ) |
ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ބިޑްގަތުމަށް ހޭދާކުރާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްނޫނެވެ. |
|
(މ) |
ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސްއާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް، އަދި އެތަންތަން އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކި ބިޑެއް، އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމާއި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކުރުމަށް ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ހުރިހާ ކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ. |
|
(ފ) |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 25 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ޕްރީ-ބިޑް ބައްދަލުވުން ބޭއްވޭނެ ތަނާއި ވަގުތައް ބަދަލެއް އަތުވެއްޖެނަމަ އެކަން ބިޑް ބައްލަވައިގެންނެވި ފަރާތްތަކަށް އެންގޭނެއެވެ. |
|
(ދ) |
ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 19 މޭ 2016 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 ކުރިން، ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ. |
|
(ތ) |
ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 19 މޭ 2016 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ. |
|
(ލ) |
ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ބައްލަވައިގަތް އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން ޢާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. |