މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ހުކުރު ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

މިއަތޮޅުގައި ހުކުރު ކުރުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކަށް ހުއްދަ ހޯދައިދެއްވުމަށްޓަކައި އަތޮޅު ކައުންސިލް އިދާރާއިން މަސައްކަތް ކުރަމުންދާތީ އެކަމަށް ބޭނުންފުޅުވެލައްވައި ފަރާތެއްވާނަމަ ހުކުރު ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ތަކެއްޗާއެކު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

1- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓު (އެކްރެޑިޓް / އެޓެސްޓްކުރި) އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

2- އައިޑީކާޑުގެ ކޮޕީ (އެޓެސްޓްކުރި)

3- ހުއްދަ އާކުރައްވާނަމަ ހުއްދައިގެ އަސްލު

4- ފަހުގެ އުސޫލާ އެއްގޮތަށް (މާލެސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި) ހުއްދަ ބަދަލު ކުރައްވާނަމަ ކުރިން ދޫކޮށްފައިވާ ހުއްދައިގެ އަސްލާއި އައިޑީކާޑުގެ ކޮޕީ

5- ހުއްދައިގައި ޖެހުމަށް ބޭނުންވާ ފޮޓޯ

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއާޚިރާ 1437   

24 މާރިޗު 2016
ހޯދާ