މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:      

މަޤާމް: މަސައްކަތު

މަޤާމުގެ ނަންބަރު: 188OD/22/2016/9

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ

ސެކްޝަން: އެޑްމިން

ވަޒީފާ އަދާކުރާ ތަނާއި ރަށް: މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ

މުސާރައާއި ޢިނާޔަތް:

- މުސާރަ: މަހަކު -/3،100 ރުފިޔާ 

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

ގޯތިތެރެއާއި ގޯއްޗާ އިންވެގެންވާ މަގުތައް ކުނިކަހައި ސާފުކުރުމާއި، ކުލާސްރޫމްތަކާއި ފަރުނީޗަރުތައް ފޮޅައި ސާފުކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ ޝަރުޠު

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ރޭންކް

ސިވިލް ސަރވިސްގެ ގްރޭޑް

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

ސަޕޯޓް ސްޓާފް ގްރޭޑް 1

އެސް. އެސް. 1

1

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު.

- މަސައްކަތުގެ ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 6 ވަނަ ދުވަހު މި މަދަރުސާގެ އޭވީ ރޫމުގައެވެ. އިންޓަވިއު އޮންނާނެ ގަޑި، ފަހުން އެންގޭނެއެވެ.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 5 ވާ އަންގާރަދުވަހުގެ 13.00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓްތައް އެކުރެޑިޓް ކުރުމަށްފަހު) 

3. މަސައްކަތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު: އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6500097 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

18 ޖުމާދަލްއާޚިރާ 1437

27 މާރިޗު 2016
ހޯދާ