މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެކްސްރޭ މެޝިން ސަރވިސްކޮށް މަރާމާތުކުރުން

މި ކުންފުނީގައި ބޭނުންކުރަމުން އަންނަ 2 (ދޭއް) އެކްސްރޭ މެޝިން 1 އަހަރުގެ މުއްދަތަށް ސަރވިސްކޮށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 113-PRC/I-2016/27 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މި އެކްސްރޭ މެެޝިން ސަރވިސްކޮށް މަރާމާތުކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 14:00

 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016
ހޯދާ