ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގެ އައު ޢިމާރާތުގެ ހުޅަނގުފަރާތުގައި ޢިމާރާތާ ގުޅުވައިގެން ފުރާޅެއް ހަދައި ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ހުޅަނގުފަރާތުގައި ޢިމާރާތާ ގުޅުވައިގެން ފުރާޅެއް ހަދައި ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު:D-12-C/2016/04 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 އެޕްރީލް 2016 ދުވަހުގެ 11:00 އަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އެޕްރީލް 2016 ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016
ހޯދާ