މަޤާމް:
|
ލެކްޗަރަރ (ޝަރީޢާ އެންޑް ލޯ)
|
ބޭނުންވާ އަދަދު: 1 (އެކެއް)
|
މުސާރަ:
|
މަހަކު 12،687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5،437/50 ރުފިޔާ
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
ސްޕައިން ޕޮއިންޓް:
|
40
|
މަޤާމުގެ ޝަރުޠުތައް:
|
1. މަޤާމާ ގުޅޭ ދާއިރާއިން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި؛
2. މަޤާމާ ގުޅޭ ދާއިރާއިން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނުގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި ޢިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- ކިޔަވައިދިނުމާއި، ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން:
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
- މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.
- ޕާޓްޓައިމް ލެކްޗަރަރއިން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް ސާފުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތައް ކިޔަވައިދޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
- ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި، އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.
- ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން، މަސައްކަތަށް ފަސްނުޖެހޭގޮތަށް، ޕްރޮފެޝަނަލް ރޫޙެއްގައި އެކުވެރިކަމާއެކު މަސައްކަތް ކުރުން.
- އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.
- ކޯސް ކޯޑިނޭޓްކުރުމާއި، މާއްދާ ކޯޑިނޭޓްކުރުން.
- ފެކަލްޓީއާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި ބައިވެރިވުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އިތުރު ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއްގެ އަސްލު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެކްރެޑިޓް ކުރެވިފައިވާ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. އިޢުލާނުގެ މުއްދަތު ހަމަވުމުގެ ފަހުން އެޕްލިކޭޝަނަށް އިތުރުކުރަން ހުށަހަޅާ ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2016 އެޕްރީލް 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|