ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވޭޖް އެމްޕްލޯއިމްންޓް އުސޫލުން މީހަކު ހޯދުމަށް މި އިދާރާއިން ކުރި (IUL)418-AS/418/2016/6 (2 މާރިޗު 2016) ނަންބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މި މަޤާމަށް ހުށަހަޅާފައި ނުވާތީ، ތިރީގައިމިވާ މަޤާމަށް ވޭޖް އެމްޕްލޯއިމްންޓް އުސޫލުން މީހަކު ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މަޤާމް: ވަގުތީ މުދިމް |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS1 |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: "ނަޑެއްލާ މަސްޖިދުލް ޙަޟާރާ" ގައި |
މުސާރަ: ނަމާދުވަގުތަކަށް 33.77 ރުފިޔާ |
ބޭނުންވާ އަދަދު: 1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓްފިކެޓް ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ހާސިލުކޮށްފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ހާސިލުކޮށްފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ހާސިލުކޮށްފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލުކޮށްފައިވުން. ނުވަތަ؛
- ކުރިމަތިލާ ފަރާތްތަކުގެ މެދުގައި، ހިތުން ކިޔެވުމާއި ތަޖުވީދުމަގަށް ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި ސޫރަތުއް ޝަރަޙަ، ސޫރަތުލްއަޢުލާ، ސޫރަތުލްޣާޝިޔާގެ ޤުރްއާން ކިޔެވުން ޓެސްޓް ކުރުމަށްފަހު، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކުސް ހޯދާ ފަރާތްތަކަށް މި މަޤާމަށް މީހުން ހޯދުމުގައި އިސްކަންދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
މަސްޖިދުލްޙަޟާރާގެ މުދިމް ޗުއްޓީ ނެގުމުން ނުވަތަ ހާޒިރު ނުވުމުން، މަސްޖިދުލްޙަޟާރާގައި އިމާމްވެ ނަމާދުކުރުން.
ސުންގަޑި:
ސިޓީ ފޮނުވަންވީ، 2016 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި އިދާރައިގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. އެޕްލައިކުރާ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި މަސައްކަތްކުރަމުން ގެންދާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި/ވަޒީފާތަކުގައި މަސައްކަތްކޮށްފައިވާނަމަ، އެ ވަޒީފާގައި/ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެހާއެކު)
6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
* ތަޢުލީމާއި ތަމްރީން.
* މަސައްކަތުގެ ތަޖުރިބާ.
* މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840007 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6840007 އެވެ. މި އިދާރައިގެ އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
19 ޖުމާދަލްއާޚިރާ 1437