މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޢުމްރާދަތުރުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢުމްރާދަތުރުގެ ވައިގެދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ 1437 (2016) ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢުމްރާދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ޢުމްރާވެރިން ހުޅުލޭ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ސައުދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއަރލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާބެހޭ މަޢުލޫމާތު ދިނުން

31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓް (14:00) ގައި މި ބީލަމާ ބެހޭގޮތުން މައުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަންކަރުދާސް ހުޅުވުން

ބީލަންކަރުދާސް ހުޅުވުން އޮންނާނީ 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ދެގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ހާޒިރުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

އަމީނީމަގު، މާލެ، 20379، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:

އިބްރާހީމް އިސްމާޢީލް

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯއްދެވިދާނެއެވެ.

ނޯޓު: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި އެއީ: (GMT+5:00) އެވެ.

23 މާރިޗު 2016
ހޯދާ