މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕްރޮޑަކްޓް ލޭބަލް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ގއ.ގެމަނަފުށި ކޯޕަރޭޓިވް ސޮސައިޓީއާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތަކުގެ ލޭބަލް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)30-G/1/2016/2 އިޢުލާނާ ގުޅިގެން ލިބިފައިވާ ބައެއް އަންދާސީހިސާބު މި އިޢުލާނުގެ ދަށުން ދެވިފައިވާ މަޢުލޫމާތައް ފުށުއަރާތީ، މި އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން) އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް އޮފީސް ބަންދުވުމުގެކުރިން ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއާޚިރާ 1437

23 މާރިޗު 2016
ހޯދާ