ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުން
އިޢުލާން
ނައިފަރު ކައުންސިލް އިދާރާއަށް ޕިކަޕެއް ހޯދުން (ދެވަނަފަހަރަށް ކުރެވޭ އިޢުލާން)
ނައިފަރު ކައުންސިލް އިދާރާއަށް 2 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ. ވީމާ، ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާއެކު 05 އެޕްރީލް 2016 (އަންގާރަ) ދުވަހުގެ 14:30 ގެ ކުރިން ނައިފަރު ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޕިކަޕްގެ ބްރޭންޑް:
- މޮޑެލް ނަންބަރު:
- ބޭނުންކުރާ ހަކަތަ:
- އެއްފަހަރާ އަގު އަދާކުރާނަމަ ޕިކަޕް ގެނެސްދޭނެ އަގު
- އެކިފަހަރު މަތިން އަގު އަދާކުރާނަމަ: އަގު ދެއްކުމަށް ލިބޭނެ މުއްދަތާއި، ފަހަރަކު ދައްކަން ޖެހޭނެ ފައިސާގެ އަދަދު
- ޕިކަޕްގެ ކަންޑިޝަން:
- އަގު ހުށަހަޅުއްވާނީ ނައިފަރާއި ހަމައަށް ޕިކަޕް ގެނެސްދެވޭނެ އަގެވެ. ޕިކަޕް ނައިފަރަށް ގެންނަންޖެހޭނީ ނައިފަރު ކައުންސިލުން ޕިކަޕްގެ ކަންޑިޝަން ޗެކް ކުރުމަށްފަހުގައެވެ.
- ޕިކަޕްގެ އަގު އަދާކުރެވޭނީ ނައިފަރު ކައުންސިލުން ނުވަތަ ނައިފަރު ކައުންސިލުން ކަނޑައަޅާ ފަރާތަކުން ޕިކަޕް ޗެކް ކުރުމަށްފަހު ޕިކަޕަކީ ނައިފަރު ކައުންސިލުން ޤަބޫލުކުރާ ކަންޑިޝަންގައިވާ ޕިކަޕެއް ކަމުގައިވާނަމައެވެ.
- ކޯޓޭޝަން ފޮނުއްވުމަށް ނަންބަރު 6620391 އަށް ފެކްސް ކުރެއްވުން. ނުވަތަ [email protected] މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ނައިފަރު ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
22 މާރިޗު 2016
ހޯދާ