ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓު ހެދުމުގެ މަސަކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ފަރެސްމާތޮޑާގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓު ހެދުމުގެ މަސަކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފޯމުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އެއިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 04 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކައުންސިލް އިދާރާއިން ދޫކުރެވޭ ބީއޯ ކިއު އާއި ކުރެހުންތަކުގެ މައްޗަށް ބިނާކޮށް 2016 އެޕްރީލް 11 ވަނަ ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ނެޓްބޯޅަކޯޓު ހެދުމުގެ އަންދާސީހިސާބު " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ