ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ޒުވާނުންގެ ޖަމްޢިއްޔާގެ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

 އިޢުލާން

ހޯރަފުށީ ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ ކުރީގެ ޒުވާނުންގެ ޖަމްޢިއްޔާގެ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި އިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތާ އެއްގޮތަށް، މިހާރު ހޯރަފުށީ ރައްޔިތުންގެ ޢިމާރާތެއް ކަމުގައިވާ ކުރީގެ ޒުވާނުންގެ ޖަމްޢިއްޔާގެ މަރުކަޒު މަރާމާތުކުރުމުގެ ގޮތުންނާއި އަދި އަލަށް ކުރަން ބޭނުންވާ ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މި އިދާރާއަށް ހާޒިރުވެދެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

އަންދާސީހިސާބު ހުށަހަޅާ ފޯމު ދޫކުރުމާއި، މަޢުލޫމާތު ދިނުން

03 އެޕްރީލް 2016

އާދީއްތަ

10:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

07 އެޕްރީލް 2016

ބުރާސްފަތި

10:00

މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ