މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކްރިއޭޓިވް ޑިޒައިން އެންޑް އިވެންޓް މެނޭޖްމަންޓް ކޮންސަލްޓަންޓް

އިޢުލާން

ކްރިއޭޓިވް ޑިޒައިން އެންޑް އިވެންޓް މެނޭޖްމަންޓް ކޮންސަލްޓަންޓުގެ މަޤާމަށް މީހަކު ހޯދުން:

މިނިސްޓްރީ އޮފް ޓޫރިޒަމްގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

ކްރިއޭޓިވް ޑިޒައިން އެންޑް އިވެންޓް މެނޭޖްމަންޓް ކޮންސަލްޓަންޓް

މި މަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ފުލްޓައިމް މުއައްޒަފެއްގެގޮތުގައި 1 އަހަރުދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ގަޑީގައެވެ. އަދި މި މަޤާމަށް މީހުން ހޮވުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ،  މި  މަޤާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން، ޓީ. އޯ. އާރު. އާއި މަޢުލޫމާތު، މި  މިނިސްޓްރީގެ  ވެބްސައިޓުން  ނުވަތަ  މި  މިނިސްޓްރީއަށް  ހާޒިރުވެގެން  ސާފުކުރުމަށްފަހު، 2016 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަނަވަރާއި، ހުށަހަޅާފީއާއި، ސަޕޯޓިންގ ޑޮކިއުމެންޓްސް ހިމެނޭގޮތަށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ، 5 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 2207 302، 2200 302، ފެކްސް: 2512 332

ވެބްސައިޓް: www.tourism.gov.mv

އީ-މެއިލް: [email protected]  

................................

13 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ