އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ޑްރައިވަރުގެ މަޤާމަށް މުވައްޒަފަކު ހޯދުން:

ދިވެހި ސަރުކާރުގެ ގެޒެޓުގައި 17 މާރިޗު 2016 ގައި ޝާއިޢުކުރި މި ހޮސްޕިޓަލުގެ URH/2016/04(އައިޔޫއެލް) ނަންބަރުގެ އިޢުލާނުގައިވާ ތާރީޚު ނުބައިވުމާ ގުޅިގެން އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ރ. ވާދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމުގެ ނަން:

ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/75 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

އެޑްމިން ޑިވިޜަން

މަޤާމް އޮތް ތަން:

ރ. ވާދޫ ޞިއްޙީ މަރުކަޒު

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިޔުޓީގަޑީގަޔާއި އޮންކޯލް ވަގުތުތަކުގައި ބަލިމީހުން އުފުލުން.
  2. އެމްބިއުލަންސްގެ އެތެރެއާއި ބޭރު ދޮވެ ރަނގަޅަށް ސާފުކުރުން.
  3. ވެހިކަލްތަކުގައި ކުރެވޭ ދަތުރުތަކުގެ ލޮގް ލިޔެ، ފޮތް ބެލެހެއްޓުން.
  4. އެމްބިއުލަންސްގެ ދަތުރުތަކަށް ބޭނުންވާ ތެލާއި އެހެނިހެން ތަކެތި، ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ހޯދުން.
  5. އެމްބިއުލަންސްގައި ކުރަންޖެހޭ މަރާމާތުކުރުމާއި، އިތުރަށް މަރާމާތުކުރުމަށް އެހީ ބޭނުންވާ ހިނދު، ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން.
  6. މަރުކަޒުގެ އޮފީހުން ކުރާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  7. މަރުކަޒުގައި ކުރަން ހުންނަ ކުދިކުދި މަރާމާތުތައް ކުރުން.

ތަޢުލީމާއި، ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގެރީ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސއްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  4. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ވަޒީފާއަށް އެދޭ ފޯމު، ރ. ވާދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެތް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިއެޓްކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިއެޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅާނީ، ރ. ވާދޫ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިޔަކީ، 2016 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ 12.00 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހުގައި ރ. ވާދޫ ޞިއްޙީ މަރުކަޒުގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6580399 އެވެ.

15 ޖުމާދަލްއާޚިރާ 1437

24 މާރިޗު 2016
ހޯދާ