އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރގެ 3 މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ސްފޮޓްވެއަރ ޑިވްލޮޕަރ (ކޮންޓްރެކްޓް އުސޫލުން)
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު

ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށްޓެވުމުގެ ގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސްފޮޓްވެއަރގެ މަސައްކަތް ކުރުމަށްޓަކައި ސްފޮޓްވެއަރ ޑިވެލޮޕަރގެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

03

މުސާރަ

މަހަކު -/8500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

މަހަކު -/1650 ރުފިޔާ

ކޮންޓްރެކްޓްގެ މުއްދަތު

މީލާދީ 01 އަހަރު

އިތުރުގަޑީގެ ފައިސާ

ދުވާލަކު 8 އިރަށްވުރެ އިތުރަށް މަސައްކަތްކުރައްވާ ގަޑިއިރަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިޒައިން އަދި "ފްރަންޓް އެންޑް / ބެކް އެންޑް ސޮލިއުޝަންސް"  ގެ މަސައްކަތްކުރުން.

"ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލިޓީގެ މަސައްކަތްކުރުން.

ފަންކްޝަނަލް "ޔޫ އައި" /  ބެކް އެންޑް ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން.

ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާކުރުމަށް އެހީތެރިވެ އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 5 މާއްދާއިން "ސީ" ގްރޭޑަށްވުރެ މަތިން ފާސްވެފައިވުމާއެކު، “PHP” “C# ,“Java”އަދި  MySQLސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މިހޮސްޕިޓަލުންދޭ ޕްރެކްޓިކަލް ޓެސްޓުން ފާސްވުން.

މިމަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައްް

 

1.     އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)

2.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3.     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ސެޓުފިކެޓުގެ ކޮޕީ

4.     ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

5.     ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅުއްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅުއްވަންވާނެވެ.

6.     ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ނިމުނުކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓްއަދި ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ. ވަޒީފާއަށްކުރިމަތިލާފަރާތުގެ ވަނަވަރު (ވަނަވަރުގައި ގުޅޭނެ ފޯން ނަންބަރު އޮންނަށްވާނެއެވެ.)

7.     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8.     މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ސުންގަޑި

2016 އެޕްރީލް 04 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 އެޕްރީލް 04 ވާ ހޯމަ ދުވަހުގެ 13:30ގެފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން

ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މިހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335234 ، 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

12 ޖުމާދަލްއާޚިރާ 1437

22 މާރިޗު 2016
ހޯދާ