މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުއްވުމަށް ދެވޭ ދަޢުވަތު، މާލެއާއި ހުޅުމާލޭގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް 'ޕްރިމިއަމް ޓެކްސީ' ގެ ޚިދުމަތް ދިނުމަށް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މާލެއާއި ހުޅުމާލޭގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް "ޕްރިމިއަމް ޓެކްސީ" ގެ ޚިދުމަތް ދިނުމަށްޓަކައި މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް 21 ފެބުރުވަރީ 2016 ގައި ކުރި އިޢުލާން ނަންބަރު IUL)101-EP/1/2016/21) އަށް ހަވާލާދީ ދަންނަވަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އީ.އޯ.އައި ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ބަޔާންކޮށްފައިވާ މުއްދަތު މިހާރުވަނީ 5 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައެވެ.

އެހެންކަމުން މިވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

“EOI for the provision of electric or hybrid “Premium Taxi” services in Male’ and Hulhumale”

Ministry of Economic Development

Boduthakurufaanu Magu, Male’ 20125

Republic of Maldives

Phone: +960 3306696

Fax: +960 3323840

Email: [email protected]

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ހޮވުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އީ.އޯ.އައި ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ.

21 މާރިޗު 2016
ހޯދާ