ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން ކުރި ނަންބަރު: AF/1/2016/19-ފ101 (IUL) (18 ޖަނަވަރީ 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެތަކެތި ގަތުގަމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
މިމިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ސްޕެސިފިކޭޝަންގެ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ތަކެއްޗަކީ މިނިސްޓްރީގެ ދަށުން ސ.ހިތަދޫގައި ޤާއިމުކުރެވިފައިވާ އައްޑޫ ބިޒްނަސް ސެންޓަރަށް ބޭނުންވާ ތަކެއްޗެވެ. އަދި މި ތަކެތި ހަރުކުރާނީ މިނިސްޓްރީންނެވެ.
ބޭނުންވާ ތަކެތި: 4 އެއަރކޮންޑިޝަނަރ (ބީ.ޓީ.ޔޫ: 12000 (ފާރުގައި ހަރުކުރާ))
1. މިނިސްޓްރީން ބަލާނެ ކަންތައްތައް
- ހުށަހަޅާ އައިޓަމްތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މިކަރުދާހުގައިވާ ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ބިޑް އިވެލުއޭޓްކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް، ތަޖުރިބާ ހުރި ފަރާތްތަކާއި އަދި އާފްޓަރސޭލް ސަރވިސް/ މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެއެއްޗެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭތަކެތި މި މިނިސްޓްރީއަށް ހޯދައިދޭންވާނެއެވެ.
- ތަކެއްޗަށް އަގު ދެވޭނީ ހުރިހާ އައިޓަމެއް މިނިސްޓްރީއާ ހަވާލުކުރުމުންނެވެ.
- ހުށަހަޅާ އަންދާސީހިސާބު 60 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން.
1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
2. ޑެލިވަރީ މުއްދަތު ހުންނަންވާނީ ދުވަހުންނެވެ.
3. ވޮރަންޓީ މުއްދަތު ހުންނަންވާނީ މަހުގެ އަދަދުންނެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
70% |
|
(Benchmark Price / Submitted Price) x Allocated Percentage Benchmark price would be the lowest total price submitted. |
ޑެލިވަރީ ޕީރިއަޑް |
10% |
|
(Benchmark Delivery / Submitted Delivery) x Allocated Percentage Benchmark delivery would be the shortest period submitted for deliver. |
ތަކެތީގެ ވޮރަންޓީ |
5% |
|
(Warranty Period / Bench Mark) x Allocated Percentage Benchmark goods warranty period would be the longest warranty period submitted. |
ސަރވިސް ވޮރަންޓީ |
5% |
|
(Warranty Period / Bench Mark) x Allocated Percentage Benchmark service warranty period would be the longest warranty period submitted. |
ކޮމްޕެނީ ޕްރޮފައިލް |
10% |
މި ބައިވަނީ ދެބަޔަށް ބަހާލާފައި. އަދި ކޮންމެ ބަޔަކަށް ޖުމްލަ 5 މާކްސް ދޭގޮތަށް.
|
2 Major questions (profile and experience) with 5 points each, total 10 points.
(No. of references/Benchmark)x allocated 5% |
- ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
- ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީހިސާބު 28 މާރިޗު 2016 ގެ 11:00 އަށް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
އަންދާސީހިސާބު ހުޅުވުން
އަންދާސީހިސާބު ހުޅުވާނީ 28 މާރިޗު 2016 ގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނު މަގު)ގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3305808 އަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
12 ޖުމާދަލްއާޚިރާ 1437