ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

އޮފީސް އެސިސްޓެންޓުގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ހިތަދޫ ސްކޫލް، ސ. ހިތަދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ހިތަދޫ ސްކޫލް، ސ. ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މި  ސްކޫލުން  އެކިއެކި  ފަރާތްތަކަށް  ރައްދުކުރަންޖެހޭ  ސިޓީއާއި،  މެސެޖް  ފަދަ  ލިޔުންތައް،  ރައްދުކުރަންޖެހޭ  ފަރާތްތަކަށް،  ލިޔުންތައް  ހަވާލުކުރާތާ  ލަސްވެގެން  2  ގަޑިއިރުގެ  ތެރޭގައި  ހަވާލުކޮށް  ނިންމުން.

2. ސްކޫލުގެ ބޭނުންތަކަށް ފިހާރަތަކުން ހޯދަންޖެހޭ ތަކެތި، ޕާރޗެސް އޯޑަރުފޯމް ދިނުމުން، އެތަކެތި ސްކޫލަށް ލިބޭނެ އިންތިޒާމް، ފޯމް ހަވާލުކުރާ ދުވަހު، ތަކެއްޗަށް ދަތިނުވާނޭ ގޮތަށް ސްކޫލަށް ގެނައުން.

3. ސްކޫލަށް ލިބޭ ބިލްތަކަށް ދައްކަންޖެހޭ ފައިސާ، ބަޖެޓް ސެކްޝަނުން ހަވާލުކުރާތާ ލަސްވެގެން 3 ގަޑިއިރުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

4. ބޭންކްތަކަށް ސްކޫލުން ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމަށް ޗެކްތައް ހަވާލުކުރުމުން، ވީއެންމެ އަވަހަކަށް ފައިސާ ޖަމާކޮށްފައި ބަޖެޓް ސެކްޝަނާ ސްލިޕް ހަވާލުކުރުމާއި، ޗެކްތަކަށް ނަގަންޖެހޭ ފައިސާ ނެގުމަށް، ޗެކް ހަވާލުކުރުމުން، ވީއެންމެ އަވަހަކަށް ފައިސާ ނެގުމަށްފަހު، ބަޖެޓް ސެކްޝަނާ ފައިސާ ހަވާލުކުރުން.

5. ބިދޭސީ މުވައްޒަފުންގެ ވިސާކާޑު ހެއްދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމާއި، ނަގަންޖެހޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތުގައި ނެގުން.

6. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

7. ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމާއެކު، އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.

މަޤާމުގެ ޝަރުޠު:                                             

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ނޯޓް: މި މަޤާމަށް މީހަކު ހޮވުމުގައި، މަޤާމާ ގުޅޭ ތަޖުރިބާ ނެތްނަމަ، ގުރޭޑް 10 ނިންމާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 12)

- ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %26)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 14)

- ލިބިފައިވާ ހުނަރު / އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %48)               

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 30 މާރިޗު 2016 އާއި 3 އެޕްރީލް 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހިތަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ސްކޫލުގެ 6886908 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ