މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ފޯމަން (ސަރުދާރު)

އިޢުލާން

ފޯމަން (ސަރުދާރު) ގެ މަޤާމަށް މުވައްޒަފަކު ހޯދުން:

މަޤާމް: ފޯމަން (ސަރުދާރު)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރަ: -/3470 ރުފިޔާ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ)

ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. މަޑަވެލީ ސްކޫލް

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.                                         

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

މައިގަނޑު މަސްއޫލިއްޔަތު:

ހ. މަސައްކަތުމީހުންގެ ޑިއުޓީތަކާ އެއްގޮތްވާގޮތުގެމަތިން އެމީހުން ލައްވައި މަސައްކަތްކުރުވުމާއި، ކުރާ މަސައްކަތުގެ ފެންވަރުބަލައި، ޗެކްކޮށް، ކުރަންޖެހޭ މަސައްކަތްތައް ދެއްކުން.

ށ. ސްކޫލުގެ އާންމު ސާފުތާހިރުކަން ބަލައި، ދުވަހުން ދުވަހަށް ޗެކްކުރުމާއި، ސްކޫލުގެ އާންމު ސާފުތާހިރުކަމާއި ބޯފެނާއި ފާޚާނާގެ ކަންތައްތަކާ ގުޅޭގޮތުން ސްކޫލް ހެލްތު އެސިސްޓެންޓް ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.

ނ. ސްކޫލުގެ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި، ތަކެތި ހުރީ ހުންނަންޖެހޭ ތަންތަނުގައިތޯ ބަލައި ޗެކްކުރުން.

ރ. ކޮންމެ ދުވަހަކު ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން ފާޚާނާތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް، އެއްވެސް މަރާމާތެއްވާނަމަ، މެއިންޓަނަންސް އޮފިސަރަށް ހުށަހަޅައިގެން މަރާމާތުކުރުވުމާއި، ސާފުކުރަންޖެހޭނަމަ އެފަދަ ތަންތަން ފާހަގަކޮށް، މަސައްކަތު މީހުން ލައްވައި ސާފުކުރުވުން.

ބ. ގަސްއިންދުމާއި، ގަސްކޮށުމާއި، ބަގީޗާ ހެއްދުމުގެ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.

ޅ. ސްކޫލުގައި ބޭއްވޭ އެކިއެކި ޖަލްސާތަކާއި، ޙަފްލާތައް އިންތިޒާމްކުރުމާއި، ޙަފްލާ ނިމުމުން ނުވަތަ ކިޔެވުން ފެށުމުގެ ކުރިން،  މަސައްކަތުމީހުންގެ އެހީތެރިމަކާއެކު ކްލާސްތަކުގައި ތަކެތި އެތުރުވުން.

ކ. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ، އެ އެއްޗަކާބެހޭ މަޢުލޫމާތު، މެއިންޓަނަންސް އޮފިސަރަށާއި އެކަމާ ގުޅޭ އިސްފަރާތަށް އަވަހަށް އެންގުން.

އ. ސްޓާފް ރޫމާއި، ސުޕަވައިޒަރސް ރޫމާއި، އޮފީހުގައި ބޯފެން އަބަދުވެސް ލިބޭނެ ގޮތެއް އިންތިޒާމްކޮށް، މަސައްކަތު މީހުންލައްވައި އެ މަސައްކަތް ކުރުވުން.

ވ. ތިރީގައިމިވާ ކަންތައްތައް  ދުވާލަކު އެއް ފަހަރު ބަލައި ޗެކްކޮށް، ކަންތައްތަކާ ހަވާލުވެފައިވާ މީހުން މަސައްކަތްކުރާގޮތުގެ ރިޕޯޓް ލިޔެ ހަފްތާއަކު

އެއްފަހަރު މިކަންކަން ބަލަހައްޓައި އިސްވެރިޔާއަށް ހުށަހެޅުން.

1. ސްކޫލުގެ ވަށާފާރާއި، ފާޚާނާއާއި، ކްލާސްރޫމްތައް ހިމެނޭ އިމާރާތްތަކާއި އެހެނިހެން ތަކެތީގައި، އެކަށީގެންނުވާ ލިޔުންތައް ލިޔެ، ކުރަހާފައިހުރިތޯ ބަލައި ޗެކްކޮށް، ރަނގަޅުކުރުވުން.

2. ދަރިވަރުންގެ ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި ޗެކްކުރުން.

3. ކްލާސްރޫމުގެ އެރޭންޖްމެންޓާއި، ކްލާސްރޫމުގެ ސާފުތާހިރުކަން ބަލައި ޗެކްކޮށް،  ގޮނޑިއާއި ޑެސްކު ފަދަ ތަކެތި ހަމައަށް ހުރިތޯ ބެލުން.

4. އޮފީސް،  ކެމިކަލް  ސްޓޯރ  ރޫމް،  ސްޓާފް ރޫމް،  ކޮންޕިއުޓަރ ލެބް،  ލައިބްރަރީ،  ސުޕަވައިޒަރސް  ރޫމް  ބަލައި  ޗެކްކޮށް، ސާފުކުރަން ޖެހޭނަމަ،  އެ  މަސައްކަތާ  ހަވާލުވެހުރި  މީހަކު  ލައްވައި  އެ  މަސައްކަތް  ކުރުވުމާއި،  އެތަންތަނުގައި  ހުންނަންޖެހޭ  ފަރުނީޗަރު  ފަދަ  ތަކެތި  ހަމައަށް ނެތްނަމަ، އެ މަސައްކަތާ ހަވާލުވެހުރި މީހަކު ލައްވައި އެ މަސައްކަތް ކުރުވުން.

މ. މަތީގައިވާ ކަންކަމުގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރވޭފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީ.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓުކޮށްފައިވާ ފޮޓޯކޮޕީގެ އެޓެސްޓު ކުރެވިފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ފުރިހަމަކުރުމަށްފަހު، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8.00 އާއި 14.00 އާ ދެމެދުއެވެ. 

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 އެޕްރީލް 5 ވާ އަންގާރަދުވަހު ގދ. މަޑަވެލީ ސްކޫލުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ.

- މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ބޭނުންވާ  ފަރާތްތަކުން،  މި  ސްކޫލުގެ  7983090  ނަންބަރު  ފޯނަށް  ގުޅުން އެދެމެވެ. މި ސްކޫލަށް މެއިލް ކުރަންޖެހޭ ތަކެތި މެއިލްކުރާނީ، [email protected] އަށެވެ. 

11 ޖުމާދަލްއާޚިރާ 1437

20 މާރިޗު 2016
ހޯދާ