ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އޮފީހުގެ ނަންބަރު IUL)460/460/2016/5) (14 މާރިޗު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، މި އޮފީހުގައި ބޭނުންކުރާ އެއަރކޮންޑިޝަންތައް 1 އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރެއްވުން:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުން:
2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10.00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ގ.ބިއްލޫރިޖެހިގެ
މަޖީދީމަގު
ފޯން: 3010990
ފެކްސް: 3010959
12 ޖުމާދަލްއާޚިރާ 1436