ދިވެހިރާއްޖެ
މި އިޢުލާންވަނީ 21 މާރިޗު 2016 13:13 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ކާރު އަދި ވޭން މަރާމާތު ކުރުމާގުޅޭ:
މި ސަރވިސްގައި ބޭނުން ކުރަމުންދާ ނަންބަރު:G6120 ކާރު އަދި ނަންބަރު:G1619 ވޭން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: CC/PR/1/2016/03-ފ167(IUL) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ އެންމެ ފަރާތުން ކަމުގައިވާތީ މި ސަރވިސްގައި ބޭނުންކުރަމުންދާ ނަންބަރު:G6120 ކާރު އަދި ނަންބަރު:G1619 ވޭން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
28 މާރިޗު 2016 |
ހޯމަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
31 މާރިޗު 2016 |
ބުރާސްފަތި |
11:00 |
07 ޖުމާދަލްއާޚިރާ 1437