ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ ހެޑް އޮފީހަށް، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
2 (ދޭއް) |
މުސާރަ: |
މަހަކު -/5،680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ވެހިކަލަށް ގެއްލުން ނުވާނެގޮތެއްގެމަތިން ފަރުވާތެރިކަމާއެކު، މަގުމަތީގެ ގަވާއިދާ އެއްގޮތަށް ވެހިކަލްތައް ދުއްވުން. - ކުންފުނީން ވިއްކާ ތަކެތި ޑެލިވަރީކުރުން. - ކުންފުނީގެ ލޭބަރުންނާއި، މަސައްކަތްކުރާ އާލާތްތައް، މަސައްކަތު ސައިޓްތަކަށް ގެންގޮސް ގެނެސްދީހެދުން. - ކުންފުނީގެ ތަފާތު ކަންކަމުގައި ވެހިކަލް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ކަނޑައެޅޭ ވެހިކަލެއް އޮޕަރޭޓްކުރުން. - ވެހިކަލްތައް މަރާމާތުކުރުމުގައި އެހީތެރިވުން. - ވޯރކްޝޮޕް މީހުންނާ ގުޅިގެން ވެހިކަލްތައް ދޮވެ ސާފުކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ C1 / C2 އާއި، CO ކެޓެގަރީގައި ހިމެނޭ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން. - ވެހިކަލް ދުއްވުމުގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފޯރކްލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއަރ ލޯރޑަރސް ފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމް: |
ވެލްޑަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/5،680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ސައިޓުގައި ކުރަންޖެހޭ ދަގަނޑު ކެފުމާއި ވެލްޑިންގގެ މަސައްކަތް ކުރުން. - ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ތެރެއިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާ ގުޅުންހުރި މަސައްކަތްތައް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- އެޑްވާންސް ސެޓުފިކެޓު އިން ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން ނުވަތަ ދާއިރާއާ ގުޅޭގޮތުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކު ކަމުގައިވުން. - ދަގަނޑު ކެނޑުމާއި، ވެލްޑިންގ ކުރުމުގެ މަސައްކަތްގެ ތަޖުރިބާ ލިބިފައިވުން. - ރާއްޖެތެރޭގެ އެކި ސައިޓްތަކުގައި މަސައްކަތްކުރެވޭނެ މީހަކުކަމުގައިވުން. - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން. |
މަޤާމް: |
ހައިޑްރޯލިކް މެކޭނިކް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/5680 ރުފިޔާއާއި -/6880 ރުފިޔާއާ ދެމެދުގެ އަދަދެއް |
ލިވިންގ އެލަވަންސް: |
މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
ހެޑްއޮފީހާއި ޕްރޮޖެކްޓް ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލްތަކާއި އިކުއިޕްމަންޓް/ މެޝިނަރީތަކުގެ ހައޑްރޯލިކް މަސައްކަތް ކުރުމާއި، އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ / އެޑްވާންސްޑް ސެޓުފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ ހާސިލުކޮށްފައިވުމާއި، މަސައްކަތުގެ ދައިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކުކަމުގައިވުން. - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން. - އޮޓޯމޮބައިލް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން. - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މީހަކުކަމުގައިވުން. |
މަޤާމް: |
އޮޓޯމޮބައިލް މެކޭނިކް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/5680 ރުފިޔާއާއި -/6880 ރުފިޔާއާ ދެމެދުގެ އަދަދެއް |
ލިވިންގ އެލަވަންސް: |
މަހަކު -/2،000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
ހެޑްއޮފީހާއި ޕްރޮޖެކްޓް ސައިޓްތަކުގައި ބޭނުންކުރާ ވެހިކަލްތަކުގެ މެކޭނިކަލް މަސައްކަތް ކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ / އެޑްވާންސްޑް ސެޓުފިކެޓް އިން އޮޓޯމޮބައިލް އިންޖިނިއަރިންގ ހާސިލުކޮށްފައިވުމާއި، މަސައްކަތުގެ ދައިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކުކަމުގައިވުން. - ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައިވުން. - އޮޓޯމޮބައިލް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން. - މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ މީހަކުކަމުގައިވުން. |
މަޤާމް: |
ކާޕެންޓަރ (ވަޑި) |
ބޭނުންވާ އަދަދު: |
2 (ދޭއް) |
މުސާރަ: |
މަހަކު -/5680 ރުފިޔާ (ފަސްހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/2000 (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އޮފީހަށް ބޭނުންވާ ވަޑާމުގެ މަސައްކަތްތައް ކުރުން. - އޮފީހުގައި ކުރަންޖެހޭ އެކިއެކި މަރާމާތުގެ ކަންތައްތައް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ކާޕެންޓްރީ އެންޑް ވުޑް ކާރވިން ކޯހުގެ ސެޓްފިކެޓް ލެވެލް 3 ހާސިލުކޮށްފައިވުމާއި، މަސައްކަތާ ގުޅުންހުރި ދައިރާއަކުން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން. - އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކުކަމުގައިވުން. |
މަޤާމް: |
ލޭބަރ (ދިވެހިން) |
ބޭނުންވާ އަދަދު: |
100 (ސަތޭކަ) |
މުސާރަ: |
މަހަކު -/4080 ރުފިޔާ (ހަތަރުހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/2000 (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޕްރޮޖެކްޓް ސައިޓުގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން. - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވައި ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު (ގޯތިތެރެއާއެކު) ސާފުކޮށް ބެލެހެއްޓުން. - މި ކޯޕަރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން. - އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކުކަމުގައިވުން. |
ސުންގަޑިއާއި، ހުށަހަޅަންޖެހޭ ލިޔުންތައް:
މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމާއެކު، މީހާގެ ވަނަވަރާއި، އައިޑީ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯއާއި، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުމާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީއާއެކު، ގުޅޭނެ ފޯނު ނަންބަރު އެނގޭގޮތަށް، 2016 މާރިޗު 27 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ހެޑް އޮފީހަށް ފޮނުވުން އެދެމެވެ.
އިންޓަވިއު:
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
ވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސް ވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚްލާޤަށާއި، ފެންވަރަށް ބަލާފައި ވަޒީފާ ދާއިމީކުރެވޭނެއެވެ.
7 ޖުމާދަލްއާޚިރާ 1437