ދިވެހިރާއްޖެ
އިޢުލާން
މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުން:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކު: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
މުސާރަ: މަހަކު -/3،100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ކުނބުރުދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ސްކޫލުގެ ގޯއްޗާއި، ސްކޫލުގެ ގޯތި ހިމެނޭ ހުރިހާ ސަރަހައްދެއް ކުނިހަކައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގައިހުރި ހުރިހާ އިމާރާތެއް ކުނިކަހައި، ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އިމާރާތްތަކުގައި ހަރުކޮށްފައިވާ އެންމެހައި ތަކެއްޗާއި، ބެހެއްޓިފައިވާ އެންމެހައި ތަކެތި ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގައި ތަށިމުށިޖަހާފައިވާ އެންމެހައި ރޫމްތައް ފެންފޮތިލައި ބެލެހެއްޓުން.
- ސްކޫލުގެ ގޯތިތެރޭގައިވާ ކޮށަންޖެހޭ އެންމެހައި ގަސްގަހާއިގެހި ކޮށައި، ވިނަފަޅާ ތަންނަތުން ވިނަ އުފުރައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ އިމާރާތްތަކުގެ ދިޔަދޮވި ސާފުކުރުމާއި، ވިއްސާރަމޫސުމުގައި ފުރާޅުސާފުކޮށް، ތާނގީއަށް ފެންނަގައި ބެލެހެއްޓުން.
- ސްކޫލުން އުފެދޭ ކުނިބުނި، ކުނިއުކުމަށް/ނައްތައިލުމަށް ރަށު ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށްގެންގޮސް ނައްތައިލުން.
- ސެމިނާރު، ޖަލްސާ، ބައްދަލުވުންތަކަށް ހޯލް، ކުލާސްރޫމް ތައްޔާރުކޮށް ގޮނޑިމޭޒުޖަހައި، ނިމުމުން ކުލާސްރޫމްތައް ރޭވުން.
- ސްކޫލުން ކިޔަންޖެހޭ ލިސްޓްތަކަށް ކިޔުން، ތަންތަނަށް/މީހުނަށް ހަވާލުކުރަންޖެހޭ ތަކެތި ހަމަޖެހިފައިވާ އުސޫލުގެމަތިން ހަވާލުކުރުން.
- ސްކޫލުގެ ތާނގީން ބޯފެން ހުސްވެއްޖެ ހާލަތެއްގައި ޕަބްލިކް ތާނގީތަކުން / ސްކޫލުން އަންގާ ތަނަކުން އެދުވަހަކަށް ވާވަރަށް ފެން ގެނައުން.
- ވަކިން ޚާއްޞަ ސަމާލުކަމެއްގެދަށުން ފާޚާނާބަރި، ބޯފެން އިސްކުރުބަރި އަތްދޮންނަ އިސްކުރުބަރި، ޓީރޫމް ސާފުކޮށް ބެލެހެއްޓުން.
- މި ލިސްޓްގައި ނުހިމެނުނަސް، ސްކޫލުގައި މަސައްކަތުމީހެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާއި ބެލެހެއްޓުން.
- މި ވަޒީފާގައި (މަސައްކަތު) ތިބި އެހެން މުވައްޒަފުންނާ ގުޅިގެން، އެކުވެރިކަމާއެކު މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތައުލީމާއ، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތާރީޚާއި، ވަގުތާއި ތަން، އަންގައިލާނަމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، ރަސްމީގަޑީގައި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި، ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
12 ޖުމާދަލްއޫލާ 1437