ދިވެހިރާއްޖެ
ބިޑް ނަންބަރު: AI/BID/2016/014
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނިން އިޢުލާން ކުރި ބިޑް ނަންބަރު: AI/BID/2016/009 އަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ މި ބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ކުންފުންޏަށް އެއްގަމުގައި ދުއްވާ 02 ވެހިކަލް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރު 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.
08 ޖުމާދަލްއާޚިރާ 1437