ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާގައި ބޭނުންކުރަމުންދާ ފާޚާނައިގެ ފެންޕަމްޕު ބަދަލުކޮށް ފެންވައިރުކޮށް، ކައުންސިލް އިދާރައިގެ ސެކިއުރިޓީ ޕޯސްޓާ އިންވެގެން އިރަށްހުރި ބައި މަރާމާތުކޮށް ގުދަނެއް ހަދައި، ސެކިއުރިޓީ ޕޯސްޓުގެ ހުޅަނގުކޮޅުގައި ފުރާޅެއް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މި އިދާރާގެ ނަންބަރު: 418/418/2016/14(IUL) (14 މާރިޗު 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 3 ފަރާތުން ހާޒިރުވެފައިނުވާތީ ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް، މަތީގައި ބަޔާންކުރެވުނު މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާގެ މަރާމާތުތައް ކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:       24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން:     29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

12 ޖުމާދަލްއާޚިރާ 1437

21 މާރިޗު 2016
ހޯދާ