ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކުރުމާއި ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޮވުމާބެހޭ:
ގދ. ނަޑެއްލާގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި ސާފުކުރުމާއި ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު 01 އެޕްރީލް 2016 ގައި ހަމަވާތީ، 01 އަހަރުދުވަހުގެ މުއްދަތަށް މީހުން ހޮވުމަށް އިޢުލާން ކުރަމެވެ.
ތިރީގައި މިވަނީ މިމަސައްކަތްތަކަށް ހޮވުމަށް ހަމަޖެހިފައިވާ މީހުންގެ އަދަދާއި، މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދިނުމަށް މިކައުންސިލުން ކަނޑައަޅާފައިވާ ފައިސާގެ އަދަދާއި އިތުރު ތަފުސީލެވެ.
- 01 ސްޕަވައިޒަރު (އަންހެން) (އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމާއެކު ސްޕަވައިޒްކޮށް ބެލެހެއްޓުމަށް)
އުޖޫރަ: މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)
- 11 މަސައްކަތު (އަންހެން) (އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް)
އުޖޫރަ: މަހަކު -/1200 ރުފިޔާ (ބާރަ ސަތޭކަ ރުފިޔާ)
- 01 މަސައްކަތު (ފިރިހެން) (ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމަށް)
އުޖޫރަ: މަހަކު -/2300 ރުފިޔާ (ދެ ހާސް ތިންސަތޭކަ ރުފިޔާ)
މި މަސައްކަތްތައް ހަވާލުކުރެވޭނީ ކުރަންޖެހޭ މަސައްކަތްތަކާއި ހަމަޖެހިފައިވާ އުސޫލުތައް ބަޔާންކޮށްދޭ މަސައްކަތުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހުގައެވެ.
މަތީގައިވާ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތައް:
- ހުށަހަޅާ ފަރާތަކީ ސަރުކާރުން ދޭ އެއްވެސްކަހަލަ ޕެންޝަނެއް ނުވަތަ އެލަވަންސެއް ނުވަތަ ފައިސާގެ އެހީއެއް ލިބޭ ފަރާތެއް ކަމުގައި ނުވުން.
- ހުށަހަޅާ ފަރާތަކީ، އަދި ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާއަކީ އެއްވެސްކަހަލަ ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.
- މަތީގައިވާ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.
ޝަރުޠު ފުރިހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ތިރީގައިމިވާ ކަންތައްތަކަށް ބަލައި ޕޮއިންޓް ދެވޭނެއެވެ.
- ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއް އަދާނުކުރާނަމަ 15 ޕޮއިންޓް.
- ސަރުކާރުން އެއްވެސްކަހަލަ ޢިނާޔަތެއް ނުލިބޭނަމަ 15 ޕޮއިންޓް.
- މީހަކާ އިދެގެން ނޫޅޭނަމަ ނުވަތަ ހުވަފަތްވެފައިވާނަމަ 15 ޕޮއިންޓް.
- އިޖުތިމާޢީ ސަރަޙައްދު ސާފުކުރާ ކޮމިޓީގައި ކުރިން މަސައްކަތް ކޮށްފައިވާ މީހެއްނަމަ ހާޒިރީއާއި ގަޑިއަށް ފަރުވާތެރިވި މިންވަރަށް ބަލައި އަހަރަކަށް 5 ޕޮއިންޓްގެ ރޭޓުން ގިނަވެގެން 3 އަހަރަށް 15 ޕޮއިންޓް.
- އަނބިމީހާ ނުވަތަ ފިރިމީހާއަކީ އެއްވެސްކަހަލަ ދާއިމީ ވަޒީފާއެއް އަދާނުކުރާ ނުވަތަ ސަރުކާރުންދޭ އެއްވެސްކަހަލަ ފައިސާއެއް ނުލިބޭ މީހެއްނަމަ 10 ޕޮއިންޓް.
- ޢުމުރުފުރާ (18 އަހަރާއި 35 އަހާރާ ދެމެދުގެ ޒުވާނުންނަށް 7 ޕޮއިންޓް / 35 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް 5 ޕޮއިންޓް / 50 އަހަރުން މަތީގެ މީހުންނަށް 3 ޕޮއިންޓް)
- މީހަކާ އިނދެގެން އުޅޭނަމަ، އޭނާގެ ބެލުމުގެ ދަށުގައިވާ ޚަރަދުކުރަންޖެހޭ ޢުމުރުން 18 އަހަރުން ދަށުގެ ދަރީންގެ އަދަދަށް ބަލައި ކުއްޖަކަށް 01 ޕޮއިންޓްގެ ރޭޓުން ގިނަވެގެން 05 ކުދިންނަށް 05 ޕޮއިންޓް.
- މީހަކާއި އިނދެ ވަރިވެފައިވާނަމަ، އެމީހާގެ ބެލުމުގެ ދަށުގައިވާ ޚަރަދު ކުރަންޖެހޭ ޢުމުރުން 18 އަހަރުން ދަށުގެ ދަރިންގެ އަދަދަށް ބަލައި ކުއްޖަކަށް 02 ޕޮއިންޓްގެ ރޭޓުން ގިނަވެގެން 05 ދަރިންނަށް.
އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތާއި، ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މީހަކު ހަމަޖެއްސުން:
މި އިޢުލާނާ ގުޅިގެން އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތު ސްޕަވައިޒަރުކަމަށާއި، އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަށް އަދި ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިޢުލާނުގައި ހޯދުމަށް ބޭނުންވާކަމަށް ބަޔާންކޮށްފައިވާ އަދަދަށްވުރެ ގިނަނުވާނަމަ، ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި ބޭނުންވާ އަދަދަށްވުރެ ކުރިމަތިލާފައިވާ މީހުންގެ އަދަދު ގިނަނަމަ، މަސައްކަތް ހަވާލުކުރެވޭނީ އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކާއެވެ.
އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ސްޕަވައިޒް ކުރާނެ ފަރާތެއް ހަމަޖެއްސުން:
އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތު ސްޕަވައިޒަރަކު ހަމަޖެއްސުމުގައި ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ޝަރުޠު ހަމަވާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު، ބޭނުންވާ އަދަދަށްވުރެ ލިބިފައިވާ ހުށަހެޅުން އިތުރުވެއްޖެނަމަ އެންމެމަތިން ޕޮއިންޓް ލިބޭ ގިނަވެގެން 3 ފަރާތުގެ ތެރެއިން މަސައްކަތު ގްރޫޕުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އެންމެ ގިނަ ވޯޓް ލިބޭ ފަރާތަކާ މަސައްކަތް ހަވާލުކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން ލިބިފައިވަނީ ޝަރުޠު ހަމަވާ އެންމެ ހުށަހެޅުމެއްނަމަ އެފަރާތުގެ ހުށަހެޅުން އިވެލުއޭޓް ކުރުމަށްފަހު، އެފަރާތަކާ މަސައްކަތް ހަވާލުކުރެވޭނެއެވެ.
ވީމާ، މި މަމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުމާދަލްއާޚިރާ 1437