ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޑިރެކްޓަރ

ރޭންކް:

އީ.އެކްސް 1 (އެގްޒެކެޓިވް 1)

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

-/8,835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / ކ. މާލެ

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް / ހެރިޓޭޖް ސެކްޝަން /  ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ދާއިމީ

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

5- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ހެރިޓޭޖް މެނޭޖްމަންޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތްތައް

  1. ހެރިޓޭޖް ސެކްޝަންގެ ހުރިހާ ޔުނިޓްތަކުން ކުރަމުންދާ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޔުނިޓްތަކަށް އިރުޝާދު ދިނުމާއި، ސެކްޝަންގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. މައުނަވީ ތަރިކައާއި މާއްދީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ވާސިލުކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކައުތެރިކޮށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުން.
  3. ތަރިކަ ޙިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ގޮތުން ލާޒިމުކުރާ ކަންތައްތައް  ރާވައި ހިންގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  4. ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުވައްވަޒުންގެ ކަންތައްތައް ބެލެހެއްޓުން

  1. ހެރިޓޭޖް ޔުނިޓުގެ ހެޑުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި، ސެކްޝަން މުވައްޒަފުންގެ މަސައްކަތްތައް އޯވަރރޯލްކޮށް މޮނިޓަރކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، ޢަމަލު ކުރަންޖެހޭ އެހެނިހެން ޤާނޫނާއި ގަވާއިދާއި އަދި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުން

މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދުން

  1. ސެކްޝަން ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި އެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުން.

އެހެނިހެން

ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް  އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

އުޖޫރައާއި އިނާޔަތްތައް:

- މަޤާމުގެ މަސައްކަތާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސާއި ޢިނާޔަޔްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމް ފޮނުވައިދެވޭނެ).

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓިފިކެޓް ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއް ނަތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓިފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑު (ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

 

މިމަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާއި ގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 މާރިޗު 27 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

16 މާރިޗު 2016
ހޯދާ