މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދަރުސާގެ ޕްރިންޓަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.  

މަޤާމް:

ޕްރިންޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

22/2016/09

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

މ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

މ. އަތޮޅު މަދަރުސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓުތަކާއި، ޔުނިޓް ޓެސްޓާއި، ޓާމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓްކުރުން.
  2. ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓުތަކާއި، ޔުނިޓް ޓެސްޓާއި، ޓާމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތަކުގެ ރެކޯޑް ބެލެހެއްޓުން.
  3. ސްކޫލުން ޗާޕުކުރަންޖެހޭ ޓެސްޓްޕޭޕަރުތަކާއި، ވާރކްޝީޓުތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތައް، ކަނޑައެޅިފައި އޮންނަ އުސޫލުން ޗާޕުކޮށް، ހީރަސްޖަހަންޖެހޭ ތަކެތި ހީރަސްޖެހުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވާރކްޝީޓުތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެ ތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
  4. ޗާޕުކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނަރ، ކާރޓްރިޖް، މާސްޓަރ ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ހުސްވުމުގެ ކުރިން ދުރާލައި ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތަށް އެންގުން.
  5. ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީމެޝިންތައް ސާފުކޮށް ބެލެހެއްޓުމަކީ މައްސަލަތައްޖެހުން މަދުކުރެވޭނެކަމެއްކަން ޤާބޫލުކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
  6. ޗާޕުކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ޙާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
  7. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠު:              

1 މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރު.

3- ރަނގަޅު ޞިއްޙަތެއްގައިހުރި، ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.

4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.  

އިންޓަވިއު ކުރުން:

ހ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިއު ކުރުން އޮންނާނީ، 2016 އެޕްރީލް 4 ވާ ހޯމަދުވަހުއެވެ. އިންޓަވިއު ބޭއްވޭނެ ތަނާއި ވަގުތު، އިންޓަވިއުއަށް ހާޒިރުވެވޭނެ ވަގުތު އޮއްވައި މި ސްކޫލުން އަންގާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv/category/forms އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސްކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެކޮޕީ)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 31 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މ. އަތޮޅު މަދަރުސާގެ 7952902 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 ޖުމާދަލްއާޚިރާ 1437

17 މާރިޗު 2016
ހޯދާ