މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ ވަށާފާރު ރާނައި ސިމެންތި ޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަންގެ ވަށާފާރު ރާނައި ސިމެންތި ޖަހައި ކުލަލުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 މާރިޗު 21 ވާ ހޯމަ ދުވަހުން ފެށިގެން 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) އަދި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައެވެ. ބީލަންފޮތެއްގެ އަގަކީ -/400ރ (ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މާރިޗު 28 ވާ ހޯމަ ދުވަހުގެ 11:00ގައި، އިސްކަންދަރު ބިލްޑިންގ އަދި ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2016 އެޕްރީލް 06 ވާ ބުދަ ދުވަހުގެ 11:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް އަދި ގއ.ގެމަނަފުށި ޕޮލިސް ސްޓޭޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
17 މާރިޗު 2016
ހޯދާ