ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
ދެމަގާމަށް މީހުން ބޭނުންވެއްޖެ.

މަޤާމް :އެސިސްޓެންޓް ކްލެސިފަޔަރ
ބޭނުންވާ އަދަދު :2

 މިބިޔުރޯގެ IUL)178-H/2016/1) ނަންބަރު އިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާންކުރަމެވެ. އެ އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

 މިބިޔުރޯގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ކްލެސިފަޔަރ ( ޖީ އެސް 4 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެސިޓީ

ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު:

02

އަސާސީ މުސާރަ:

-/5,020 ރުފިޔާ

އެލަވަންސް:

-/1,500 ރުފިޔާ (ސަރވިސް އެލަވަންސް).

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލަކުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން /ޔުނިޓް:

ކްލެސިފިކޭޝަން އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ކްލެސިފިކޭޝަން ޔުނިޓް.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކްލެސިފައިކުރުމަށް ހަވާލުކުރެވޭ އެންމެހާ ފަންނީ އުފެއްދުންތައް ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދާ އެއްގޮތަށް ކްލެސިފައިކުރުން.
  2. ކްލެސިފައިކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ފިލްމް، ލިޓްރެޗަރ އެންޑް ޑިވެލޮމަންޓް ޔުނިޓާ ގުޅިގެން ރާވައި، ތާވަލްކުރުމަށްފަހު ތާވަލާ އެއްގޮތަށް ހިންގާ، އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
  3. ބަޖެޓް ހެދުމަށް ޔުނިޓުގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހުށަހެޅުން
    1. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އުރުދޫ (ހިންދީ) ބަސް ދަންނަ މިންވަރު
  • ޢާންމުންގެ ތެރެއަށް ނިކުމެ ވާހަކަދެއްކުމުގެ ހުނަރު ހުރި މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (މިފޯމު މިބިޔުރޯއިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓު ލިބިފައިވާނަމަ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީ.)
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެވަޒީފާގެ މަސްއޫލިއްޔަތާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މިވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މިމަޤާމަށް މުވައްޒަފުން ނެގޭނީ މިބިޔުރޯއިން ކަނޑައަޅާ އިންޓަރވިއު ޕެނަލެއްގައި މިމަޤާމުގެ ވާޖިބު އަދާކޮށްދެވޭނެކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3312901 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

31 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގޭގެ 05 ވަނަ ފަންގިފިލާ)

އިންޓަރވިއު ކުރުން:

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  • އިންޓަރވިއުގައި ވާހަކަ ދެއްކުމުގެ ހުނަރު ނުވަތަ ޕްރެސެންޓޭޝަން ސްކިލްސް ހުރި މިންވަރު ބަލާތީ 15 މިނިޓްގެ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.
  • ޕްރެޒެންޓޭޝަން ހުށަހެޅުމާ ބެހޭގޮތުން އިތުރު ތަފުސީލު އިންޓަރވިއު އޮންނަ ތާރީޚުގެ 03 ދުވަސް ކުރިން އެންގޭނެ ވާހަކަ ދެންނެވީމެވެ.

05 ޖުމާދަލްއާޚިރާ 1437

16 މާރިޗު 2016
ހޯދާ