މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ކޮންސަލްޓެންސީ ހޯދުމަށް

އިޢުލާން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި (93/4) މި ޤާނޫނާ ގުޅުންހުރި އެންމެހާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން، މި މިނިސްޓްރީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓެންސީ ކުރިއަށް އޮތް 1 އަހަރު ދުވަހަށް ދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ ތެރޭގައި މިނިސްޓްރީގެ މަޝްރޫޢުތަކަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އިނީޝިއަލް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެގްޒަމިނޭޝަން އަދި އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުން ހިމެނޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރިޗު 2016ވާ އަންގާރަ ދުވަހުގެ 13:00ގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުމަށް 29 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަޔަރަންމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004110 ފެކްސް:3004301

އީ-މެއިލް: [email protected]

    [email protected]

17 މާރިޗު 2016
ހޯދާ