ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:                                       

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން / ޔުނިޓް:

ޖެނެރަލް އެޑްމިން، ފްރޮންޓް އޮފީސް/ރިސެޕްޝަން ޔުނިޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ:

-/6,611 ރުފިޔާ

އެލަވަންސާއި އިތުރުގަޑި:

-  ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %50 (3،305/50 ރުފިޔާ)

ހާޒިރީ އެލަވަންސް (ކަނޑައަޅާފައިވާ އުސޫލުން) ދުވާލަކަށް -/100 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

1- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު 3 (ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި 2 (ދޭއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ،

2- އޭ. ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު 2 (ދޭއް) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި  2 (ދޭއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  3  ގެ ސަނަދަކާއެކު، ޖީ. އެސް. 2 ނުވަތަ އެއަށްވުރެ މަތީ  ރޭންކެއްގެ މަޤާމެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުގެ ސްޓޮކަށް ހޯދަންޖެހޭ އެންމެހައި ތަކެތި ހޯދައި އިންވެންޓްރީ ބެލެހެއްޓުމާއި، ސެކްޝަންތަކުން ފޮނުވާ ރިކްއެސްޓްތަކަށް ސްޓޮކުން ތަކެތި ދޫކުރުމާއި، ސްޓޮކް ބާކީ ގަވާއިދުން ބަލަހައްޓައި، ސްޓޮކަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓަށް ފޮނުވުން.

- ކޮމިޝަނުގެ ރިސެޕްޝަން ބެލެހެއްޓުމާއި، ކޮމިޝަނަށް އަންނަ ތަކެތި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުމާއި، ކޮމިޝަނުން ފޮނުވާ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުމާއި، ކޮމިޝަނަށް އަންނަ ފޯނުކޯލްތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުމާއި، ކޯލްތަކަށް ޖަވާބުދިނުން.

- ޔުނިޓުގެެ އެންޓްރީ އަޕްޑޭޓްކުރުމާއި، ލިޔެކިޔުންތަކުގެ ރެކޯޑް ބަލަހައްޓައި، ގަވާއިދުން ފައިލްކުރަމުން ގެންދިޔުން.

- ޔުނިޓުން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިން އަންގަވާގޮތެއްގެމަތިން ޖަވާބުތައްޔާރުކޮށް ފޮނުވުން.

- ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން.

- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، މި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުުން.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ސެކްޝަން / ޔުނިޓް:

ކޮމިޝަން ބިއުރޯ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޖުޑީޝަލް ސަރވިސް ކޮމިޝަން

އަސާސީ މުސާރަ:

-/6,611 ރުފިޔާ

އެލަވަންސާއި އިތުރުގަޑި:

-  ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %50 (3،305/50 ރުފިޔާ)

ހާޒިރީ އެލަވަންސް (ކަނޑައަޅާފައިވާ އުސޫލުން) ދުވާލަކަށް -/1،00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

1- އޯ. ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު  3 (ތިނެއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި  2 (ދޭއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ،

2- އޭ. ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު 2 (ދޭއް) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި 2 (ދޭއް) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ،

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  3  ގެ ސަނަދަކާއެކު، ޖީ. އެސް. 2 ނުވަތަ އެއަށްވުރެ މަތީ  ރޭންކެއްގެ މަޤާމެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ކޮމިޝަނުގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

- ކޮމިޝަނުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔުމާއި، ފައިލްތައް ތައްޔާރުކުރުން.

- ކޮމިޝަނުން ނިންމާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ މާސްޓަރ ފައިލު ބެލެހެއްޓުމާއި، މައްސަލަތަކުގެ ސްޓޭޓަސް ބެލެހެއްޓުން.

- ކޮމިޝަނުގެ ރައީސާއި، މެންބަރުންނާއި، ސެކްރެޓަރީ ޖެނެރަލްއާއި، އެހެން އޮފީސްތަކާއި، އެހެނިހެން ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

- ޔުނިޓުގެ ޔައުމިއްޔާ ލިޔުމާއި، ޔުނިޓުގެ އެންޓްރީ ބެލެހެއްޓުން.

- ކޮމިޝަން މެންބަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

- ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން.

- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން މި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުުން.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ކޮޕީތަކުގައި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

2. 1 ވަނަ ނަންބަރުގައި ނުހިމެނޭ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްްކްރިޕްޓް ހިމެނޭ ސެޓްފިކެޓްތަކުގެ ޓްރާސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ލޯ ފާމަކުން ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކޮލެޖް/ޔުނިވަރސިޓީއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަނަވަރުު  (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް)

4. ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ  ނަމާއި  މަޤާމުގެ  ރޭންކް  ނުވަތަ މަޤާމުގެ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

ސުންގަޑި:

2016 މާރިޗު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ތީމުގެ، އާބުރުޒުހިނގުން) ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  1. ކޮމިޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ، އެ ފޯމު ބާޠިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، މިހާރު މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިޞްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

3. މި ވަޒީފާއަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ތަޢުލީމާއި ތަޖުރިބާ ބަޔަށް މާކްސް ދިނުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 20 ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމުގެގޮތުން ކޮމްޕިއުޓަރު ޓެސްޓަކާއި، އިބާރާތްކުރުމުގެ ފެންވަރު ބެލުމަށް ޓެސްޓެއް ދެވޭނެއެވެ. 

4. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ވަޒީފާއަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް، ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމުގެގޮތުން ދެވޭ ޓެސްޓަށް މާކްސް ދިނުމުން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތާއެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަވިޔުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން،  މި ކޮމިޝަނުގެ ވެބްސައިޓުގައި އެކަން އާންްމުކުރެވޭނެއެވެ.

5. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ 10 ކެންޑިޑޭޓުން، ޕެރެޒެންޓޭޝަނެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ޕްރެޒެންޓޭޝަން ދޭންވާނީ،  އިނގިރޭސިބަހުން  ނުވަތަ  ދިވެހިބަހުންކުރެ  އެ  ކެންޑިޑޭޓަކު  ބޭނުން  ބަހަކުންނެވެ.  ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ 5 މިނެޓެވެ. އެގޮތުން، ޕްރެޒެންޓޭޝަނަށް ތައްޔާރުވުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު، ޕްރެޒެންޓޭޝަނަށް ހާޒިރުވާންޖެހޭ ދުވަހުގެ މަސައްކަތު 2 ދުވަހުގެ ކުރިން އެފަރާތްތަކަށް އެންގޭނެއެވެ.

6. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް ދޭ ޓެސްޓަށް ޙާޟިރު ނުވެއްޖެނަމަ އެ ކެންޑިޑޭޓަކު ޑިސްކޮލިފައިކުރެވޭނެއެވެ. އަދި ޓެސްޓަށް ޙާޟިރު ވީނަމަވެސް، އިންޓަރވިއުު އަދިި ޕްރެޒެންޓޭޝަނަށް ޙާޟިރު ނުވާ ފަރާތްތައްވެސްް ޑިސްކޮލިފައި ކުރެވޭނެއެވެ.

7. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

8. މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3303501 އެވެ. ފެކްސް ނަންބަރަކީ، 3303504 އެވެ. 

9. ވަޒީފާއަށް އެދޭ ފޯމު، www.jsc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

 6 ޖުމާދަލްއާޚިރާ 1437

15 މާރިޗު 2016
ހޯދާ