ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތާގުޅޭ

އިޢުލާން

2016 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތާ ގުޅޭ

ސުރުޚީގައި ބަޔާން ކުރެވިފައިވާ 2016 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށްޓަކައި އަތޮޅު ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ރަށު ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތުގައި މިރަށުން ބައިވެރިވުމަށް މި ކައުންސިލާއި ނަޑެއްލާ ސްކޫލާ ދެމެދު ކުރެވުނު މަޝްވަރާއަށްފަހު ވަނީ ނިންމާފައެވެ. މިމުބާރާތް މިރަށުގައި ބާއްވާނީ 2016 އެޕްރީލްމަހުގެ 28 އަދި 29 ވާ ބުރާސްފަތި، ހުކުރު މި ދެދުވަހު އެވެ.

 2016 ވަނައަހަރުގެ ޤައުމީ ޤުރުއާން މުބާރާތުގެ ގަވާއިދުގައި ހިމެނޭ މުހިންމު ނުކުތާތައް:

  • 2015 ވަނައަހަރެކޭ އެއްފަދައިން ޕްރީސްކޫލް ޢުމުރުފުރާއަކީ 06 އަހަރުން ދަށެވެ. ޢުމުރުފުރާގައި ޤުރުއާން ކްލާހަކުން ބައިވެރިވާ ނަމަވެސް އެ ދަރިވަރަކީ ޕްރީސްކޫލުގައި އުޅޭ ދަރިވަރެއްކަމުގައި ވާންވާނެއެވެ.
  • ޕްރައިމަރީ ސްކޫލުގެ ޢުމުރުފުރާއަކީ 7 އަހަރާއި 13 އަހަރާ ދެމެދެވެ. މާނައަކީ އެދަރިވަރަކީ ގްރޭޑް 1 - 7 ގައި ކިޔަވަމުންދާ ދަރިވަރަކަށް ވާންވާނެއެވެ.
  • 7 އަހަރާއި 13 އަހަރުން ދަށުގެ ޢުމުރުފުރައިން ބައިވެރިވާ ދަރިވަރަކީ ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ ދަރިވަރަކަށްވާން ވާނެއެވެ. އަދި މި ޢުމުރުފުރާއިން ޤުރުއާން ކުލާހަކުން ދަރިވަރު ބައިވެރިކުރި ނަމަވެސް އެދަރިވަރު ވާންވާނީ ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ ދަރިވަރަކަށެވެ.
  • އަތޮޅުތެރޭން ޤުރުއާން މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކާއި، ޕްރީސްކޫލްގެ ނަމުގައި ބައިވެރިކުރުމުގެ ބަދަލުގައި ކޮންމެ އަތޮޅަކުންވެސް ބައިވެރިވެވޭނީ އަތޮޅު ފެންވަރުގައި ވާދަކޮށް %75 އަށްވުރެ މަތިން މާކްސް ލިބޭ އެންމެ މޮޅު 15 ދަރިވަރުންނަށެވެ. އެއީ ބަލައިގެން 8 ދަރިވަރުންނާއި ނުބަލާ 7 ދަރިވަރުންނެވެ. ( މާނައަކީ ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކާއި، ޕްރީސްކޫލްތައް ހިމަނައިގެން އަތޮޅަކުން ޖުމްލަ 15 ކުދިންނެވެ. )
  • ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިން ތަމްސީލު ކުރާނީ އެ ބައިވެރިއެއްގެ އަތޮޅެވެ.
  • މުބާރާތުގައި ބައިވެރިވުމުގެ ގޮތުން ރަށު ފެންވަރުގައި މުބާރާތެއް ބާއްވަންވާނެއެވެ. ބައިވެރިވާ ކުދިންގެ އަދަދު ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. އެ މުބާރާތުގައި އެ ރަށެއްގެ ސްކޫލްތަކާއި، ޤުރުއާން ކްލާސްތަކާއި، ޕްރީސްކޫލްތައް ބައިވެރިކުރަންވާނެއެވެ.
  • އަތޮޅު މުބާރާތުގައި ބައިވެރި ވެވޭނީ ރަށު ފެންވަރުގައި ބޭއްވި މުބާރާތުން %75 އަށްވުރެ މަތިން މާކްސް ހޯދި ކުދިންގެ ތެރެއިން އެއްމެ މޮޅު 15 ދަރިވަރުންނެވެ. އެއީ ބަލައިގެން 8 ކުދިންނާއި ނުބަލާ 7 ކުދިންނެވެ.  

ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 20 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން "ޤުރުއާން ކިޔެވުމުގެ ރަށު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމާއި އެކު ޤައުމީ ޤުރްއާން މުބާރާތުގެ މުޤައްރަރު މިއިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކައުންސިލްގެ މެންބަރު އަލްފާޟިލް މުޙައްމަދު މޫނިސް އާއެވެ. ގުޅޭނެ ފޯން ނަންބަރަކީ 9704087 އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

05 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ