މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މި މިނިސްޓްރީން ކޮންމެ މަހަކު ނެރުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ މަޖައްލާ ޗާޕުކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީން ކޮންމެ މަހަކު ނެރުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ މަޖައްލާ "ޕެމްފިސް"  ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ކޮންމެ މަހަކު ނެރުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ މަޖައްލާ "ޕެމްފިސް" މި ހިނގާ އަހަރު ޗާޕުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މި ފޮތް ޕްރިންޓްކުރަންވީ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • ފޮތަކަށް ޗާރޖުކުރާ ރޭޓު.
  • ފޮތެއް ބައިންޑްކޮށް ނިންމޭނެ އަގު (ފޮތުގެ ގަނޑުތަކުގެ އަދަދު 8 – 16 އާ ދެމެދު)
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "'ޕެމްފިސް' މަޖައްލާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 28 ވަނަ ދުވަހު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދިއްގާ މާލަމުގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:    337 8 301 +(960) ނުވަތަ  300 8 301 (960)+

ފެކްސް:   301 8 301  (960)+

އީމެއިލް:  [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓުގައި "'ޕެމްފިސް' މަޖައްލާ  ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

17 މާރިޗު 2016
ހޯދާ