ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔައް ހިފަން

އިޢުލާން

2000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔައް ހިފަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކައިރި ހިސާބަކުން 2000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް 2 ( ދޭއް ) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު 06/IUL)KRH/PLD/2016)ފ(07 މާރިޗު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިފަދަ ގުދަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް

  • ޕްރޮޕޯޒަލް ހުށަހެޅުން

    27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

5 ޖުމާދަލްއާޚިރާ 1437

14 މާރިޗު 2016
ހޯދާ