ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން:

2016ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު GS168/IUL/2016/18 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ސްކޫލަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިދަންނަވާ ޝަރުޠުތައް ހަމަވާ ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާނު ކުރަމެވެ.

  • 2 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • މަދުވެގެން 1 ކޮޓަރި އެއަރކޯން ކުރެވިފައިހުރުން.
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން. އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލް އޮފީސް

27 މާރިޗު 2016

އާދީއްތަ

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލް އޮފީސް

30 މާރިޗު 2016

ބުދަ

13:00

މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

15 މާރިޗު 2016
ހޯދާ