ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުން

އިޢުލާން

ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުން

ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅުން ޖެޓީކައިރިން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ދެބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

އިޖުތިމާޢީ ކަންކަމަށް ދެވޭ އެހީ މަހަކު އެންމެ ކުޑަމިންވަރު

1

ތެޔޮ ވިއްކުމަށް ޚާއްޞަ 1 ނަންބަރު ބިން

800 އަކަފޫޓު

-/1000 ރުފިޔާ

-/1200 ރުފިޔާ

2

ތެޔޮ ވިއްކުމަށް ޚާއްޞަ 2 ނަންބަރު ބިން

800 އަކަފޫޓު

-/1000 ރުފިޔާ

-/1200 ރުފިޔާ

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ މިންވަރު ކަނޑައަޅައި ހުށަހަޅުއްވަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ބިމަކަށް ވަކިން ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ކުރެވޭނެ ކަންތައްތައް.

1– ހަމައެކަނި ތެޔޮވިއްކުމުގެ މަސައްކަތް.

މާކްސް ދެވޭގޮތުގެ ތަފުސީލު:

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

40%

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން  

10%
  • ބިމުގެ ވަށާ އިންފާރު ރޭނުން   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް

50%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު   
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން  ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

ނޯޓް: މި ދެބިން ކުއްޔަށް ހިފާ ފަރާތުން ބިމުގައި ތެޔޮ ވިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ބިމުގެ ވަށާ އިންފާރު އެންމެ ކުޑަވެގެން 4 ފޫޓު އުސްމިނަށް ރާނައި ނިންމަންވާނެއެވެ.

ވީމާ، އިސްވެދެންނެވުނު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އެންމެފަހުން ފައިސާ ދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

4 ޖުމާދަލްއާޚިރާ 1437

13 މާރިޗު 2016
ހޯދާ